ޓޯކިޔޯ އޮލިމްޕިކްސް 2020 މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެ ކަމަށް ބުނެފި އެވެ.

ދިރާގުން ބުނީ ކޮވިޑާ ގުޅިގެން އެއް އަހަރަށް ފަސްކުރި އޮލިމްޕިކްސް ގޭމްސް ފެށިގެން ކުރިއަށްދާއިރު ރާއްޖޭގެ ހުނަރުވެރި އެތުލީޓުން ބައިވެރިވާ މި މުބާރާތް އެންމެ ފުރިހަމަ ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ބެލޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ސޮނީ ސިކްސް، ސޮނީ ޓެން 2 އެޗްޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށް އޮލިމްޕިކްސްގެ ހުރިހާ ގޭމެއް ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއަހަރުގެ މި ޝަރަފުވެރި މުބާރާތުގައި ރާއްޖޭގެ ހަތަރު އެތްލީޓުން ވާދަކުރާއިރު ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދު ހިމެނެ އެވެ. ދިރާގުން ވަނީ ސާއިދާއި ދިވެހި އެލްތީޓުންނަށް ސޯޝަލް މީޑިއާގައި ކާމިޔާބީ ހޯދުމަށް ހިތްވަރު ދީފައި އެވެ.

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫޒަ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލާލެވޭނެ އެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް އޮލިމްޕިކްގެ ގޭމްތައް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީ އެސްޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެ އެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެ އެވެ.

ދިރާގު ޓީވީން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފާތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އެ ކުންފުނިން ބުންޏެވެ.