Advertisement

އެޗްޑީއެފްސީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އަށް 25ރ. ބަހަން ފާސްކޮށްފި

FacebookTwitterWhatsAppTelegramViber

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 25ރ. ބަހަން ފާސްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހާމަކުރި ގޮތުގައި 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 98.9 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން 40 ޕަސެންޓް ބަހަން ނިންމާފައިވާއިރު، އެއީ ހިއްސާއަކަށް 25ރ. އެވެ.

އެޗްޑީއެފްސީގެ 15 ވަނަ އަހަރީ އާއްމު ޖަލްސާގައި ވަނީ އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުން ވެސް ކަނޑައަޅާފަ އެވެ. އެގޮތުން، ހަމަޖައްސާފައި ވަނީ ޕްރައިސްވޯޓާ ހައުސް އެންޑް ކޫޕާސް އެވެ.

ގެދޮރު ހެދުމާއި ގަތުމަށް ލޯނު ދޭ އެޗްޑީއެފްސީ އަކީ 2014 ވަނަ އަހަރު ރައީސްގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި ކުންފުންޏެކެވެ. ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި މި ކުންފުނީގެ ހިއްސާ އާއްމުކޮށް ވިއްކަން ނިންމައި ކުންފުނީގެ 51 ޕަސެންޓް ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކާލީ 2008 ގަ އެވެ.

އިސްލާމިކް ފައިނޭންސް ކޯޕަރޭޝަނާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ކޮންމެ ފަރާތަކުން އެޗްޑީއެފްސީގައި 18 ޕަސެންޓް ހިއްސާވާއިރު، 15 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top