ރާއްޖޭގައި ކޮވިޑްގެ ނުރައްކާ އަދިވެސް ނުފިލާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރަމުން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ސައުތު އޭޝިއާގެ ނުވަ މީހުން އިއްޔެ ވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ބަނގުލާދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް މީހުންވެސް ހިމެނޭ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާ އަވަސް ކަމަށެވެ. އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރެއްވުމަށް ސަމާލުކަން ދިނުމަށް މިނިސްޓަރު އެދިލެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަންނަމުން ދާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަލައްކަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

އައު އާންމު ހާލަތުގައި އުޅެވޭ ވަރަށް ރާއްޖެ ކޯވިޑުން ރައްކާތެރުވެފައިވާ ކަމަށް ނިންމައި އިއްޔެއިން ފެށިގެން ވަނީ ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ޚާއްޞަ ހަރުކަށި ފިޔަވަޅުތައް އުވާލައިފަ އެވެ.

މިހާރު ސަރުކާރުން ވަނީ ވެކްސިން ނުޖަހާ މީހުންނަށް ހަރުކަށި އުސޫލުތަކެއް ހަދައި، އެކަންކަން ތަންފީޒު ކުރުމަށް އިދާރާތަކަށް އަންގަވާފަ އެވެ.