މި މަހުގެ 13 ވަނަ ދުވަހު އެޕަލްގެ ބައެއް ފޭނުން އުފަލުން ހެއްވާލާފައި އަދި ބައެއް ފޭނުން ރޮއްވާލާފައި އާ އައިފޯނު 12 މިވަނީ ނެރެފަ އެވެ.

އެޕަލްއިން މިފަހަރުގެ ފޯނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު އޭގެ ތެރޭގައި އާ ކުލަތައް ތައާރަފުކުރުން، ޑިޒައިން އަޕްޑޭޓް ކުރުން އަދި 5ޖީ ނެޓްވޯކް ލިބޭގޮތް ހެދުން ފާހަގަކޮށްލެވެ އެވެ.

އެޕަލްއިން ބުނިގޮތުގައި ތިމާވެއްޓަށް ވިސްނާފައި މިފަހަރު އައިފޯން 12 އަދި އައިފޯން 12 ޕްރޯ ޝިފްކުރާ އިރު ފޯނުގެ ފޮށި ކުޑަކުރުމުގެ ގޮތުން ޗާޖިން އެޑެޕްޓާ އަދި އިއާބަޑްސް ނުލާނެ އެވެ. ފޯނުގެ ފޮށިތެރޭގައި މިފަހަރު އޮންނާނީ ލައިޓްނިން ޔޫއެސްބީ- ސީ ކޭބަލްއެއް އެކަންޏެވެ.

އެޕަލްގެ މި ނިންމުމާއި އެކު އެ ކުންފުނީގެ ވަޔަލެސް ހެޑްފޯން ކަމަށްވާ އެއާޕޮޑްސްގެ ވިޔަފާރި ފުޅާވެގެންދާނެ އެވެ.

އައިފޯނު 12 ޕްރިއޯޑާ ކުރުމަށް އޮކްޓޯބަރު 16 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.