މާލެ އާއި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްޖެކްޓް" އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މިމަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާ އެވެ.

ގްރޭޓަ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ކުރިއަށް ގެނަދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއުއަށްޓަކައި އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ގްރާންޓެއް ވެސް ވަނީ ފޯރުކޮށްދީފަ އެވެ. (ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) އަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅިފަޅު ގުޅާލާނެ އެވެ.

މި މަޝްރޫއުގެ ދަށުން ގުޅިފަޅުގައި އަޅާ ބައިނަލްއަގުވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ މައި އިންޖީނަށް ކަމަށް ސަރުކާރުން ދެކެ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗަރާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. އެ ކުންފުންޏަކީ އައްޑޫގެ މަގުތައް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު އަންނަން ވާއިރަށް ބްރިޖް އެއްކޮށް ނިންމާ ނުލެވޭނެ ކަމަށާއި، އެހެން ނަމަވެސް ބްރިޖް ނިމެމުންދާ ވަރަކުން ހުޅުވަމުން ދާނެ ކަމަށެވެ.