މި މަހުގެ މިހާތަނަށް 120،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް 120،529 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިއަހަރު މަހެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 732،896 އަށް އަރާފަ އެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 157،876 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ލިސްޓުގެ ދެވަނައިގަން އިތް އިންޑިއާއިން 146،205 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

ލިސްޓުގެ ތިންވަނައިގައި ޖަރުމަނުވިލާތް އޮތްއިރު، އެގައުމުން ޒިޔާރަތް ކޮށްފައި ވަނީ 42،078 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ އޫއެސް، ޔޫކްރެއިން، ސައުދީ އަރަބިއްޔާ، ސްޕެއިން، ކަޒަކިސްތާން އަދި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސްއެވެ.