ރާއްޖެއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ހާއްސަ ދަތުރުތަކެއް ބާއްވަން މޯލްޑިވިއަން އިން ނިންމައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ މި މަހުގެ 15، 22 އަދި 29 ވަނަ ދުވަހު ޑާކާ އަށް ހާއްސަ ދަތުރުތަކެއް އޮންނާނެ ކަމަށެވެ.

މި ދަތުރުތައް ބާއްވަނީ ރާއްޖެ އިން ބަންގްލަދޭޝް އަށް އަދި އެ ގައުމުން ރާއްޖެ އަށް އޮތް ޑިމާންޑު ބޮޑުވެފައި ވާތީ ކަމަށާއި މޯލްޑިވިއަން އިން މާލެ އާއި ޑާކާއާ ދެމެދު މިހާރު ވެސް ހަފުތާއަކު ދެ ދުވަހު ދަތުރު ކުރާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އެއީ ކޮންމެ ހަފުތާއަކު އަންގާރަ އަދި ހުކުރު ދުވަހު އެވެ.

މޯލްޑިވިއަން އިން ޓިކެޓު ނަގަން ބޭނުންވާ މީހުންނަށް އެ އެއާލައިނުގެ ހޮޓްލައިން 3335544 އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.