ރާއްޖެއަށް ނިސްބަތްވާ ހަމައެކަނި އިންޓްރނޭޝަނަލް ކޫރިއަރ ބްރޭންޑް "ރެޑްބޮކްސް"އިން ކޮރެއާ އަދި ތައިލަންޑްގައި ފްރެންޗައިސް އޮފީސް ހުޅުވައި، ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށްފި އެވެ.

ރެޑްބޮކްސްއިން ބުނީ ކޮރެއާ އަދި ތައިލަންޑްގައި ހުޅުވި ފަރެންޗައިސް އާއެކު ދިވެހިންނަށް އެ ދެ ގައުމުން ތަކެތި ގެނައުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިހާރު ރެޑްބޮކްސްއިން އަންނަނީ ޖުމްލަ ފަސް ގައުމަކުން ކޫރިއާގެ ހިދުމަތް އަތްފޯރާ ފަށުގައި ދިވެހިންނަށް ފޯރުކޮށްދެމުންނެވެ. އަދި މިއިން ކޮންމެ ފްރެންޗައިސްއަކުން ވެސް މުދާ ކޮންސޮލިޑޭޓްކޮށްދިނުމާއި އެސިސްޓެޑް ޝޮޕިންގް ސާވިސް އަދި ފުލްފިލްމަންޓް ސާވިސްގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށްވެސް ރެޑްބޮކްސްއިން ބުނެ އެވެ. ރެޑްބޮކްސް ތައިލޭންޑްގެ ހިދުމަތްތައް ހޯދުމާއި އިތުރު މައުލޫމާތު ހޯއްދެވުމަށް www.redboxthailand.com އަށް ޒިޔާރަތްކުރުމުން ލިބިގެންދާނެ އެވެ. އަދި ހަމައެހެންމެ ރެޑްބޮކްސް ކޮރެއާގެ ހިދުމަތްތައް ހޯދުމާއި އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.facebook.com/redboxkr އަށް ޒިޔާރަތްކުރުމުން ލިބޭނެ އެވެ.

ރެޑްބޮކްސް އަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ ހަމައެކަނި އިންޓްރނޭޝަނަލް ކޫރިއަރ ބްރޭންޑް...

ރެޑްބޮކްސްގެ ސީއޯއޯ ހުސައިން ޝާހިދު ވިދާޅުވިގޮތުގައި ރެޑްބޮކްސްގެ އަމާޒަކީ ވީހާވެސް ގިނަ ގައުމުތަކަކުން ކޫރިއާގެ ހިދުމަތް ދިވެހި ރައްޔިތުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމެވެ. އަދި އެގޮތުން އިތުރު ތިން ގައުމަކުން ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ރެޑްބޮކްސްގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ކޫރިއާގެ ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

ރެޑްބޮކްސް އަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ ހަމައެކަނި އިންޓްރނޭޝަނަލް ކޫރިއަރ ބްރޭންޑް...

ތައިލެންޑް އަދި ކޮރެއާއި އެކު މެލޭޝިޔާ، ސްރީ ލަންކާ، ޗައިނާ އަދި އެމެރިކާގައި ވެސް ރެޑްބޮކްސްގެ ފްރެންޗައިސްތައް ހުޅުވާ އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. ރެޑްބޮކްސްއަކީ 2015ވަނަ އަހަރުން ފެށިގެން ކޫރިއާ އަދި ފްރައިޓް ފޯވާޑިންގެ ހިދުމަތްތައް ދެމުން އަންނަ ކުންފުންޏެކެވެ.