ފުޓްބޯޅައަށް ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަން އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށްޓަކައި ކޮކާ-ކޯލާ އިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ހޮވުނު އައިޝަތު ނާއިފާ، ހުސެއިން ރިޔާޒު، ފަހީމާ ގާސިމް އަދި ފާތިމަތު ރަޝީދު އަށް ވަނީ އިނާމުގެ ގޮތުގައި ސްމާޓްފޯން، 50 އިންޗީގެ ސްމާޓް ޓީވީ އަދި ކޮކާ-ކޯލާ ލޯގޯ ޖަހާފައިވާ މިނީ ފްރިޖުތައް ހަވާލުކޮށްފަ އެވެ.

ކޮކާ-ކޯލާ އިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް އިނާމް ހަވާލުކުރަނީ.. ފޮޓޯ: ކޮކާ ކޯލާ

މި ޕްރޮމޯޝަންގައި ބައިވެރިވެގެން ސްމާޓްފޯނާއި 50 އިންޗީގެ ޓީވީ އާއި މިނީ ފްރިޖު އަދި ކޯކުގެ ލޯގާ ޖަހާފައިވާ އެކި ހަދިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރިން ހޮވާނެ އެވެ. އެހެންކަމުން، މިއީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ. އެގޮތުން، ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އިނާމު ބަލާ ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެ އެވެ.

ކޮކާ-ކޯލާ އިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް އިނާމް ހަވާލުކުރަނީ.. ފޮޓޯ: ކޮކާ ކޯލާ

ޕްރޮމޯޝަންގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި:

20 ސްމާޓްފޯން، 50 އިންޗީގެ 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު (މިއީ ކޮންމެ ދުވަހަކު ދޭ އިނާމެއް) އަދި ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް ހިމެނެ އެވެ.

ފުޓްބޯޅަ ސީޒަނަށް ގިނަ ބަޔަކު ކެތްމަދުވެފައިވާއިރު، ގޭގައި ރައްކާތެރިކަމާއެކު ތިބެގެން، ކާތަކެއްޗާއެކު ކޯކުގެ މީރު ރަހައަށް އިންސާފުކޮށްލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު މިހާރު މިވަނީ ފަހިވެފަ އެވެ. ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ ރަން ކުލައިގެ މަތިގަނޑު ޖަހާފައިވާ ކޯކު ފުޅިއެއް ގަނެ، އެ މަތިގަނޑުގެ ނުފުށުގައި ހިމެނޭ ކޯޑު އެސްއެމްއެސްކޮށްލުމެވެ.

ކޮކާ-ކޯލާ އިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް އިނާމް ހަވާލުކުރަނީ.. ފޮޓޯ: ކޮކާ ކޯލާ

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ.

ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ.

މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.