ދައުލަތުގެ ޖުމުލަ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ދައުލަތުގެ ދަަރަނީގެ ހާލަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ރިޕޯޓަކުން ދައްކައިފި އެވެ.

މަޖިލިހުން އެކުލަވާލި ދެލިކޮޕީގައިވާ ގޮތުން ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނުގެ ތެރެއިން 49 ލޯނަކަށް 13 ބިލިއަން ރުފިޔާ އަރައެވެ. ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ 124 ލޯނަކުން 12.9 ބިލިއަން ރުފިޔާ އަށް އަރައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 114 ގެރެންޓީއަކުން 41 ބިލިއަން ރުފިޔާ ރުފިޔާ އަރަ އެވެ.

މީގެއިތުރުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތައް 5.4 ބިލިއަން ރުފިޔާ އަށް އަރައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާ ޑްރާފްޓަށް 78 މިލިއަން ރުފިޔާ މިލިއަން ރުފިޔާ އަރައެވެ. އެމްއެމްއޭ އިން ނަގާފައިވާ ލޯނާއި ނަގާފައިވާ ބޮންޑާއި އަދި ޓްރެޒަރީ ބިލު 7.4 ބިލިއަން ރުފިޔާ އަށް އަރައެވެ. ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލް އަދި ބޮންޑު 91.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ދަަރަނީގެ ތެރެއިން ބޮޑު އިންސައްތައެއް ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތަކާއި ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލްއާއި ބޮންޑެވެ.

މި ލޯންތައް ނެގީ 2012 އިން 2018 އަށް ނަގާފައިވާ އަދަދުތަކެވެ.