ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން "ބައްތިރީސް" ގެ ނަމުގައި 32 އިންޗީގެ ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ހޯމް އިމްޕްރޫވްމަންޓުން މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން 32 އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީ ވިއްކާ އަގަކީ އެންމެ 2،999 ރުފިޔާކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

މި ޓީވީ އަކީ އަޑު އެހާމެސާފުކުލަތައް އެހާމެ ޗާލު ޓީވީއެއްކަން ފާހަގަކޮށްލަން ޖެހެ އެވެ. މީގެ އިތުރުން މި އީ ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންސް ބޭނުންކުރެވޭ އެޗްޑީ ޓީވީއެކެވެ.

އެސްޓީއޯއިން ރާއްޗެއަށް ހިޓާޗީގެ ތަފާތު އުފެއްދުންތައް އެތެރެ ކުރެ އެވެ. މީގެ ތެރޭގައި ޓީވީގެ އިތުރުން އައިސަލަމާރި އާއި އިސްތިރި ފަދަ ގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ.

މީގެ އިތުރުން އެސްޓީއޯއިން މީގެ ކުރިން ވަނީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗަކުން ވެސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.