Advertisement

500 އަށްވުރެ ގިނަ ބައިވެރިންނާއެކު ކެއްކުމުގެ މައުރަޒު ފަށައިފި

FacebookTwitterWhatsAppTelegramViber

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކެއްކުމުގެ މައުރަޒު، "ކަލިނަރީ ޗެލެންޖް 2019" 500 އަށްވުރެ ގިނަ ބައިވެރިންނާއެކު މިއަދު ފަށައިފި އެވެ.

ޝެފް ގިލްޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ކަލިނަރީ ޗެލެންޖަކީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ އެކި ބާވަތްތަކުގެ ތަކެތި މާކެޓްކުރާ ފަރާތްތަކަށާއި އެދާއިރާގައި މަސައްކަތްކުރާ ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ޗެލެންޖެކެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ ކަލިނަރީ ޗެލެންޖު ކުރިއަށްދަނީ ދަރުބާރުގޭގަ އެވެ. މި ހަރަކާތުގެ މައި އިވެންޓު، "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް" ފަށަން ހަމަޖައްސާފައި ވަނީ މާދަމާ އެވެ.

މިއަހަރުގެ އެކްސްޕޯގައި ޖުމްލަ 150 ފަރާތެއްގެ ސްޓޮލް ހުންނާނެ އެވެ. ފުޑް އެންޑް ހޮސްޕިޓަލިޓީ އެކްސްޕޯ ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top