ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން މިހާރު ކުރިއަށް ދާ ޕްރޮމޯޝަން އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސަޅި ޕްރީޕެއިޑްގެ ހުރިހާ ޕެކޭޖަކުން ވެސް ދުވާލަކު ދެ ޖީބީ ޑޭޓާ ލިބުމުގެ އިތުރުން ސޯޝަލް މީޑިއާ ޑޭޓާގެ އަދަދު ފަސް ގުނަ އިތުރަށް ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ބުނިގޮތުގައި ޕްރޮމޯޝަން ދުވަސްކޮޅު، ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ވީކްލީ، ސަޅި ދެ ވީކްސް އަދި ސަޅި މަންތްލީ ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާގެ އިތުރުން އިތުރު ސޯޝަލް މީޑިއާ ޑޭޓާ އެ މުއްދަތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން، ސަޅި ޕްރީޕެއިޑްގެ ކޮންމެ ޕެކޭޖަކުންވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ބޭނުން ވަރަކަށް ގުޅާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 21 ޖީބީ ހަމަ އެންމެ 145 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑުން ލިބިގެންދާނެ އެވެ.

ދިރާގުގެ މަގުސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަގީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.