މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑްތައް ވިއްކާ އާ ފިހާރައެއް ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.

ހުޅުމާލޭ ނިރޮޅުމަގު "ބޮމްބޭ ދަރުބާރު" ރެސްޓޯރަންޓް ކައިރީގައި "ލަވް މީ"ގެ ނަމުގައި ހުޅުވި ކޮސްމެޓިކްސް ވިއްކާ ފިހާރައަކީ ފުޅާ ދާއިރާއެއްގައި ހޯސޭލް ވިޔަފާރިކުރާ މަރީނޯ ޗެއިންގެ ފިހާރައެކެވެ. މިއީ މަރީނޯ އިން މާލެ ސަރަހައްދުގައި ހުޅުވި ހަވަނަ ފިހާރަ އެވެ.

ކޮސްމެޓިކްސް ވިއްކަން ހުޅުމާލޭގައި އަލަށް ހެދި "ލަވް މީ" ފިހާރަ ސެލް ޒޯންގެ ޑިރެކްޓަރު އަބްދުލް ހަމީދު ރޭ ހުޅުވައިދެއްވަނީ. މިތަނުން ކޮސްމެޓިކްސްގެ އެކި ބާވަތްތައް ހެޔޮއަގުގައި ލިބެންހުރޭ.

ކޮސްމެޓިކްސްގެ މަޝްހޫރު ބްރޭންޑްތައް ވިއްކާ މި ފިހާރަ ހުޅުވައިދެއްވީ މާލޭގައި ފުޅާ ދާއިރާއެއްގައި މޯބައިލް ފޯނާއި އިލެކްޓްރޯނިކްސްގެ ވިޔަފާރިކުރާ ސެލްޒޯންގެ ޑިރެކްޓަރު އަބްދުލް ހަމީދެވެ.

ލަވްމީ ފިހާރައިގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ އެތަނުން މަޝްހޫރު އެކި ބާވަތްތަކުގެ ކޮސްމެޓިކްސްގެ އިތުރުން އެންމެ ފަހުގެ ސެންޓާއި ސުވެނިއާ އައިޓަމްސް ވެސް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ.

ކޮސްމެޓިކްސް ވިއްކަން ހުޅުމާލޭގައި މަރީނޯ ޗެއިން އިން އަލަށް ހުޅުވި "ލަވް މީ" ފިހާރަ. މިތަނުން ކޮސްމެޓިކްސްގެ އެކި ބާވަތްތައް ހެޔޮއަގުގައި ލިބެންހުރޭ.