އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯނު 13 ޕްރީއޯޑަރަށް ހުޅުވާލާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ އަންނަ މަހުގެ އަށަކުން ފެށިގެން އައިފޯން 13 ގެ ޕްރީއޯޑަރުތައް ނަގަން ފަށާނެ ކަމަށެވެ.

އައިފޯނުގެ ޕްރީއޯޑަރު ނަގަނީ އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ކަމަށް ދިރާގުން ބުންޏެވެ.

މި މަހުގެ 14 ގައި އެޕަލް ކުންފުނިން ވަނީ އެންމެ ފަހުގެ އައިފޯން ކަމަށްވާ އައިފޯން 13 ދައްކާލާފަ އެވެ. މ މި އަހަރު ވެސް އެޕަލް އިން ވަނީ ހަތަރު މޮޑެލްއެއްގެ ފޯނު ނެރެފަ އެވެ. އެއީ:

  1. އައިފޯން 13 މިނީ
  2. އައިފޯން 13
  3. އައިފޯން 13 ޕްރޯ
  4. އައިފޯން 13 ޕްރޯ މެކްސް

އެހެން އައިފޯންތަކާއި ހިލާފަށް އައިފޯން 13 ގެ އިންޓާނަލް ސްޓޯރޭޖް ފަށަނީ 128 ޖީބީ އިންނެވެ. އަދި ޕްރޯ މޮޑެލްތަކުގައި 1 ޓީބީގެ ސްޓޯރޭޖް ހިމެނޭނެ އެވެ.