މާލޭގައި އަލަށް ހުޅުވި ކެފޭ ހަނީ ކޮމްބް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޒުވާން އަންހެން ވިޔަފާރިވެރިޔާ އައިޝަތު ރީނާގެ ބެލުމުގެ ދަށުން އޭނާގެ ބޮޑުބޭބެ މުހައްމަދު ޔޫސުފް ހިންގަމުންދާ މި ރެސްޓޯރެންޓުން ހުޅުވީ މިއަހަރުގެ ޖުލައި މަހު ހުޅުވި މި ރެސްޓޯރެންޓަކީ ހުރިހާ އެންމެނަށް ވެސް ހާއްސަ ރެސްޓޯރެންޓެކެވެ.

ތަފާތު އެކި ބާވަތުގެ ކެއުމާއި ބުއިންތައް ލިބެން ހުންނަ މިރެސްޓޯރެންޓްގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި ނަސީބުވެރިޔާއަށް އިތުރު މީހަކު ގޮވައިގެން ދުބާއީއަށް ދެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާ އިނާމު ލިބިގެންދާނެ އެވެ.

މާލޭގައި ކެފޭ ހަނީކޮމްބްގެ ނަމުގައި ހުޅުވި ރެސްޓޯރެންޓް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ފައިސާގެ އިނާމް ދެނީ..

އެގޮތުން އޮގަސްޓް މަހާއި ސެޕްޓެމްބަރުގެ މަހުގެ ނަސީބުވެރިން ހޮވާފައިވާއިރު މިހާރު ވަނީ އެނަސީބުވެރިންނަށް ފައިސާގެ އިނާމް ހަވާލުކޮށްފަ އެވެ.

އެއްފަހަރާ 30-35 މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ އޮންނަ މި ރެސްޓޯރެންޓުން އަމިއްލަ ޕާޓީތައް ބޭވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. އަދި މިރެސްޓޯރެންޓްގައި ބޮޑު ސުކްރީންގައި ފުޓްބޯޅަ މުބާރާތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިގޮތުން މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންސިޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ވެސް ބެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މާލޭގައި ކެފޭ ހަނީކޮމްބްގެ ނަމުގައި ހުޅުވި ރެސްޓޯރެންޓް ކުރިއަށްގެންދާ ޕްރޮމޯޝަންގެ ޕޯސްޓަރެއް

މީގެ އިތުރުން މިހާރު ކުރިއަށްދާ ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ހިލޭ ކެއުމެއް ލިބިގެންދާނެ އެވެ. މިހަރަކާތް ކުރިއަށް ގެންދަނީ މެންޗެސްޓާ ޔުނައިޑެޓްގެ ދިވެހި ރާއްޖޭގެ ފޭން ކްލަބު ކަމަށްވާ ވަން ޔުނައިޑެޓް އާ ގުޅިގެންނެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެޗްއެސްސީ ޔޫރޯ (ބާ 2000)ގެ ފަރާތުންނާއި އިނާ މޯލްޑިވްސް (ފްލައި ދުބާއީ)ގެ އިތުރުން، ޑީސައިން ޕްރިންޓާސް، "ވަގުތު"، އާއި "ހުރިހާ" ނޫހުގެ އެހީތެރިކަމާއެކު ކަމަށެވެ.

މާލޭގައި ކެފޭ ހަނީކޮމްބްގެ ނަމުގައި ހުޅުވި ރެސްޓޯރެންޓް.

މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނާއި މެނޭޖްމެންޓާއި ދެމެދު ގާތް ގުޅުމެއް ބާއްވާ އެ ގުޅުން އެގޮތުގައި ދެމެހެއްޓުން ކަމަށް ކެފޭ ހަނީ ކޮމްބްއިން ބުނެ އެވެ.