ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި، ނޯ ޕްލާސްޓިކް މޯލްޑިވްސް ގުޅިގެން ޕްލާސްޓިކް މަދުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ ނޯ-ޕްލާސްޓިން މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ "އުޅުމަށް ބަދަލު" ކެމްޕެއިން ކުރިއަށް ގެންދާ ދިހަ ރަށަށް އެ ބޭންކުގެ ފަރާތުން ފަހާފޮށި ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލްއިން ފަހާފޮށި ހަދިޔާ ކުރުމަށް ނިންމާފައިވާ ރަށްތަކަކީ ކ. ދިއްފުށި، ނ. މާފަރު، ނ. ވެލިދޫ، ސ. ހިތަދޫ، ކ. ގުރައިދޫ، ކ. މާފުށި، އއ. ރަސްދޫ، އއ. އުކުޅަސް، ދ. ކުޑަހުވަދޫ އަދި ލ. ގަމެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ މިކެމްޕޭނުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކާ ބެހޭގޮތުން މީހުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުން ކަމަށެވެ. އަދި މިއީ މުސްތަގުބަލުގައި އަންހެނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

މި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީގައި ފޮތި ކޮތަޅުތައް ފެހުމަށްފަހު ވިއްކޭނެ ނުވަތަ ހިލޭ ބެހޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.