ރެވެނިއު ސްޓޭމްޕް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން މިހާތަނަށް 900،000 އަށް ވުރެ ގިނަ ރުފިޔާގެ ސްޓޭމްޕް ރީފަންޑް ކޮށްދީފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރެވެނިއު ސްޓޭމްޕް ގާނޫނު އުވާލުމާ ގުޅިގެން މިހާތަނަށް 995,167.20 ރުފިޔާގެ ސްޓޭމްޕް ރީފަންޑް ކޮށްދީފައިވެ އެވެ.

މީރާއިން ވަނީ އެ އޮތޯރިޓީން ވިއްކާފައިވާ ރެވެނިއު ސްޓޭމްޕް ރީފަންޑުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ގެ ނިޔަލަށް އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

އެ އޮތޯރިޓީން ބުނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުން އެ އޮތޯރިޓީން ސްޓޭމްޕްގެ ތެރެއިން ބޭނުން ނުކުރެވިވާ ރެވެނިއު ސްޓޭމްޕް ރީފަންޑް ކުރަން "ސްޓޭމްޕް ރީފަންޑް ކުރުމަށް އެދޭ ފޯމު" ފުރުމަށް ފަހު މީރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ސްޓޭމްޕް ޖަހަން ފަށާފައި ވަނީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަންދާ ގާނުނަކުންނެވެ. އެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު އެވެ.