ވިޒިޓް މޯލްޑިވްސް އިން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ފްރާންސްގެ މަޝްހޫރު ހައި އެންޑް ލައިފްސްޓައިލް މަޖައްލާ، "މެޑަމް ޕިޒާރޯ" އާއެކު ޚާއްސަ މީޑިއާ ކެންޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން މިމަހުގެ 14 ވަނަ ދުވަހު ފަށާފައިވާއިރު، މިއީ އެއް މަސްދުވަހުގެ ކެމްޕެއިނެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަންއިން ވަނީ ބުނެފަ އެވެ.

މިގޮތުން މިއީ ދުނިޔޭގައި އެންމެ ރައްކާތެރި، އަދި ހިތްގައިމު އެއް މަންޒިލެއް ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަގުސަދުގައި ހިންގޭ ކެމްޕެއިނެކެވެ. އަދި މިފަދައިން ރާއްޖެ އިޝްތިހާރުކުރުމަށް މި ކެންޕެއިންގެ ދަށުން މެޑަމް ފިގާރޯގައި ޚާއްސަ އެޑިޓޯރިއަލް ލިއުމެއް ވެސް ޝާއިއުކުރެވޭނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި ގޮތުގައި ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮންނަ ރާއްޖޭގެ ރަށްތަކަކީ ފަތުރުވެރިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނެއް ކަމަށާއި، ރާއްޖޭއަކީ މުޅިން ތަފާތު ތަޖުރިބާތައް ތަޖުރިބާކޮށްލެވޭނެ މަންޒިލެއްކަން ދައްކުވައިދޭ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް އިޝްތިހާރުކުރެވުމުގެ އިތުރުން މި ކެންޕެއިން މެދުވެރިކޮށް އުފައްދާ ކޮންޓެންޓް، ނިއުސްލެޓާގެ ގޮތުގައި ތަފާތު އޯޑިއަންސްތަކަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ޓޮޕް މީޑިއާ ލެ ޕިޒާރޯގެ އަންހުންނަށް ހާއްސަކޮށް ހިންގާ މި މަޖައްލާ، މަޝްހޫރު އަދި މަތީ ފަންތީގެ ލައިފް ސްޓައިލް މަޖައްލާއެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.