ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އާ ދެ ޑިރެކްޓަރުން ހޮވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއަދު ހެނދުނު ބޭއްވި އެ ބޭންކުގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ސަރުކާރުގެ ފަރާތުން އައްޔަންކުރުމަށް ހުށަހަޅާފައިވާ އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން އަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ ވަނީ ބޯޑަށް އައްޔަންކޮށްފަ އެވެ.

މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  1. ޓިމޮތީ ސޯޔާ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
  2. އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  3. ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް
  4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  5. އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. ޢަބްދުﷲ ހުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  7. މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ
  8. އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ ތިން ޑިރެކްޓަރުންނަކީ:

  1. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  2. އަޙްމަދު މުހައްމަދު، ގ. އުފާ
  3. އަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ