"ސިޔާމް ވޯލްޑް" ރަސްމީކޮށް ހުޅުވުމާ އެކު، ނ. އަތޮޅަށް ފުރުސަތުކާއެކު ހިތްވަރުގަދަ އާ ދުނިޔެއެއް އަތުވެއްޖެ އެވެ.

އެއްގަމާއި މޫދުގެ އެކި ހިސާބުތަކުގައި ހިތްގައިމު ކޮޓަރިތަކާއެކު "ކުރިން ނުފެންނަ" ތަޖުރިބާތަކެއް ކުރާނެ ކަމުގެ ވައުދާއެކު، އެ ރިސޯޓު އޮންނަ ތަނުގެ ސަބަބުން ރާއްޖޭގެ ޗުއްޓީއާ މެދު އާ ތަސައްވުރެއް ފެނިގެންދާނެ ކަމަށް ބުނެ އެވެ.

ސަން ސިޔާމް ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް ވިދާޅުވީ މި ރަށަކީ އޭނާގެ ކުންފުނިން އުފެއްދި އެންމެ ތަފާތު އެއް ޕްރޮޑަކްޓް ކަމަށެވެ.

"ބޮޑު ބަދަލުތަކެއް އަދި މުޅިން އާ ކަންތައްތަކެއް ތައާރަފުކުރުމުގެ އުފެއްދި ރިސޯޓެއް. މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ތަޖުރިބާތަކާއި ޖާގައިގެ ތަނަވަސްކަމާއި އެކޮމޮޑޭޝަންގެ ތަފާތުތަކަށް ބަލާއިރު މި ރިސޯޓާ އަޅާ ކިޔޭނެ އެހެން ރިސޯޓެއް ނޯންނާނެ،" މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ. "ސިޔާމް ވޯލްޑްގައި އަޅުގަނޑުމެންގެ ފުރަތަމަ މެހެމާނުންނަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް، އަދި އެންމެންނަށް ވެސް ހަނދާން ނައްތާނުލެވޭ ފަދަ ޗުއްޓީ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެން."

ސަން ސިޔާމް ރިސޯޓްސްއިން ތަރައްގީކުރި ސިޔާމް ވޯލްޑަކީ ރާއްޖޭގައި މިހާތަނަށް ނުފެންނަ ފަދަ ތަޖުރިބާތަކާއި، ކުރިއަރަމުން އަންނަ ކޮންސެޕްޓްތަކުގެ އެންމެ ފުޅާކޮށް ގެސްޓުންނަށް ގެނައުމުގެ މަގުސަދުގައި ތަރައްގީކުރި ރިސޯޓެކެވެ.

ސިޔާމް ވޯލްޑަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ގުދުރަތީ ޖަޒީރާ ރަށް ކަމަށްވާ ނ. ދިގުރަށުގައި ހެދި ސިޔާމް ވޯލްޑަކީ ރާއްޖޭގައި ރިސޯޓެއް ހެދުމާއި މޫދު ފެންނަ ރެސިޑެންސްތައް ހުންނަ އެންމެ ބޮޑު އެއް ރިސޯޓެވެ. 54 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި ހުދު ކުލައިގެ ދޮންވެލި ގޮނޑުދޮށްތަކާއެކު ހަ ކިލޯމީޓަރުގެ ފަރެއް ވެސް އޮވެ އެވެ.

ސިޔާމް ވޯލްޑް އިން ވަނީ 89 އާއި 3،000 އަކަމީޓަރާ ދެމެދުގެ 21 އެކޮމޮޑޭޝަން ކެޓަގަރީއެއް ހަދައިފަ އެވެ. މިގޮތުން އެކްސްކްލޫސިވް އެންކްލޭވް، ދަ ބީޗް ހައުސް ފަދަ ކަލެކްޝަންގައި ގްރޭންޑް ވޯޓާ ޕެވިލިއަންސް އާއި ރީތި ގަނޑުވަރު ވެސް ހިމެނެ އެވެ.

ސިޔާމް ވޯލްޑް ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ރަށެކެވެ. އަދި މާފަރު އެއާޕޯޓަށް ޑޮމެސްޓިކް ފްލައިޓެއްގައި 30 މިނެޓުން ދެވޭއިރު، ލޯންޗުގައި 10 މިނެޓުން ދަތުރުކުރެވޭނެ އެވެ.

ސަން ސިޔާމް ރިސޯޓްސްއަކީ 100 ޕަސަންޓް ދިވެހި ކުންފުންޏެއްގެ ހިއްސާއެކުލެވޭ ކުންފުންޏެކެވެ. ސިޔާމް އެ ކުންފުނި އުފެއްދެވީ 1990 ވަނަ އަހަރު އެވެ.