ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މުއްސަނދިންގެ ޕްރައިވެޓް ޖެޓް ޖައްސާ މިންވަރު ވަރަށް ބޮޑަށް އިތުރު، މިމަހުގެ މިހާތަނަށް އެކަނި ވެސް 70 ޖެޓް ޖައްސައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޕާކިންގައި ޕްރައިވެޓް ޖެޓްތަކެއް ޕާކުކޮށްފައި. ފޮޓޯ: އެމްއޭސީއެލް

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ރާއްޖެ އަންނަ ޕްރައިވެޓްތަކުގައި މުއްސަނދިން އަންނަ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުރުވެފަ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން "ހުރިހާ"އަށް ފޮނުވި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް 273 ޖެޓް ޖައްސާފައިވެ އެވެ. އެގޮތުން މިމަހުގެ މިހާތަނަށް 70 ޖެޓް ޖެއްސިއިރު، ސެޕްޓެމްބަރު މަހު 60 ޖެޓް، އޮގަސްޓް މަހު 59 ޖެޓް އަދި ޖުލައި މަހު 28 ޖެޓް ޖައްސާފައިވެ އެވެ.

އެމްއޭސީއެލް އިން ލަފާކުރަނީ މިމަހު 25 ން 31 ގެ ނިޔަލަށް 31 ޖެޓް ޖައްސާނެ ކަމަށެވެ. އެއާއެކު ޖުމްލަ އަދަދު 126 އަށް އިތުރުވާނެ އެވެ.

އެ ކުންފުނިން ބުނީ މިދިޔަ އާދީއްތަ ދުވަހު އެ އެއާޕޯޓުގައި 33 ޖެޓް ޕާކުކޮށްފައި ބޭއްވި ކަމަށެވެ.