އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. ބަޖެޓް ހުށައެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ. މީގެތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ، ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2022ވަނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 24.3 ބިލިއަން ރުފިޔާ ކަމުގަ އެވެ. މިއީ 2021 ވަނަ އަހަރަށްވުރެ 23 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަ ކުރައްވަމުން، މީގެތެރޭގައި ހިމެނެނީ، ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 15.4 ބިލިއަން ރުފިޔާ އާއި، ޓެކްސް ނޫން އެހެން ގޮތްގޮތުން 6 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 2.9 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުގެ އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނި މުވައްޒަފުންގެ ހަރަދުތަކަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ 26 ޕަސެންޓު ހޭދަކުރަނީ ސަރުކާރު މުވައްޒަފުންނަށެވެ

. ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގެ 17 ޕަސެންޓް ހޭދަކުރާ އިރު އޮފީސްތައް ހިންގަން ބަޖެޓުން 12 ޕަސެންޓް ހޭދަކުރެ އެވެ.