ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތްދޭ ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑު އަލަށް ހަދާއިރު ނަގާ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2،500 ރުފިޔާގެ ކޭޝްބެކް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ.

  • ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއްވެސް ލިބޭނެ.
  • 100،000 ރުފިޔާއާ ހަމަޔަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިވެގެންދާނެ.

މި ޕްރޮމޯޝަންގެ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

އަލަށް ބީއެމްއެލްގެ ކްރެޑިޓް ކާޑު ހައްދާ މީހުންނަށް ޖޮއިނިން އަދި އެނުއަލް ފީ ނުނަގާ ޕްރޮމޯޝަނެއް ވަނީ ފަށާފައި. ފޮޓޯ: ބީއެމްއެލް

ދާދި ފަހުން ބީއެމްއެލްއިން ވަނީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް"ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފަ އެވެ.

ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެ އެވެ. މިގޮތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯރު، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ވެސް ލިބެ އެވެ.