Advertisement

އެޗްޑީއެފްސީން 200 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ

FacebookTwitterWhatsAppTelegramViber

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން އަނެއްކާ ވެސް ސުކޫކު ވިއްކަން ނިންމައި ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ އެ ކުންފުނިން ސުކޫކު ވިއްކާ ތިންވަނަ ފަހަރެވެ. ސުކޫކަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ވިއްކާ ބޮންޑެވެ.

އެޗްޑީއެފްސީން ބުނީ މިފަހަރު 200 މިލިއަން ރުފިޔާގެ ދެ ލައްކަ ސުކޫކު ވިއްކަން ނިންމާފައިވާ ކަމަށެވެ. ސުކޫކުގެ މޫނުމަތި އަގަކީ 1000 ރުފިޔާ އެވެ.

އެޗްޑީއެފްސީން ބުނީ މިއީ އެ ކުންފުނީގެ އިސްލާމިކް ވިންޑޯ، އެޗްޑީއެފްސީ "އަމްނާ" ގެ ދަށުން އިސްލާމިކް ފައިނޭންސްއާ އެއްގޮތަށް މޯގޭޖް ހައުސިން މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް ވިއްކާ ސުކޫކް ކަމަށެވެ.

އެޗްޑީއެފްސީއިން ބުނީ އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވެސް ސުކޫކު ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ސްކޫކުގެ މުއްދަތަކީ 10 އަހަރު ކަމަށާއި ސުކޫކުގެ ގްރޮސް ޕްރޮފިޓްގެ ގޮތުގައި ލިބޭ ފައިދާގެ 65 ޕަސެންޓް ސުކޫކު ގަންނަ ފަރާތަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ފައިދާ ދޫކުރާނީ ސުކޫކު އެލޮޓްކުރާ ތާރީހުން ފެށިގެން ކޮންމެ ހަމަ ހަކުން ފައިދާ ބަހާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުގެ ހާއްސަ އިސްނެގުމުގެ ދަށުން 2004 ވަނަ އަހަރު އުފައްދާފައިވާ އެޗްޑީއެފްސީން ކުރާ މައިގަނޑު މަސައްކަތަކީ ގެދޮރު އިމާރާތް ކުރުމަށް ލޯނު ދޫކުރުމެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top