ދިރާގުންގެ އޭޑީއެސްއެލް ޚިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތަށް ބަދަލުކުރުމަށް ކުރިޔަށް ގެންދިޔަ ޚާއްސަ ޕްރޮމޯޝަންގެ މުއްދަތު އަންނަ ޑިސެމްބަރު 31ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކާ ހިލޭ ގުޅާލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭޑީއެސްއެލް ކަސްޓަމަރުން ފައިބާއަށް އަޕްގްރޭޑްކުރުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓް www.dhiraagu.com.mv/ocs މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ވެސް މެ އެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މިހާރު މި ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 65 ރަށް ހިމެނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށް ކަމަށެވެ.