ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް އެއާ ފްރާންސުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ބާއްވާއިރު މިފަހަރު ކޮންމެ ހަފްތާއަކުން ތިން ދަތުރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މިދަތުރުތައް އޮންނާނީ ފްރާންސްގެ ޕެރިހާއި ވެލާނާ އެއާޕޯޓާ ދެމެދު އެވެ. މި ދަތުރުތަކުގައި ސްރީލަންކާގެ ކޮލޮމްބޯގައި ޓްރާންސިޓް ކުރާނެ އެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިންގ 9-787 މަރުކައިގެ ބޯޓެކެވެ.

ފްރާންސްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު އެވެ. އެ އެއާލައިންގެ ދަތުރުތައް ކޮވިޑާ ގުޅިގެން މެދުކަނޑާލުމަށްފަހު އަލުން ފެށީ ޑިސެމްބަރު 2020ގަ އެވެ.

މި އަހަރު ރާއްޖެއަށް 10 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ ފްރާންސުންނެވެ.