މިދިޔަ އޮގަސްޓް މަހު ޖުމްލަ 7،628 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް މަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 218 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، ޖުލައި މަހު އެ އަަދަދު އުޅެނީ 100 ގަ އެވެ.

މިދިޔަ މަހު އެއް ދުވަހު އެންމެ ގިނަ އަދަދަށް އައިސްފައި ވަނީ 373 ފަތުރުވެރިންނެވެ. ޖުލައި މަހު އެ އަދަދު އުޅެނީ 218 ގަ އެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

1- ޔޫއޭއީ: 1627

2- އިނގިރޭސި ވިލާތް: 715

3- އެމެރިކާ: 674

4- ސެޕޭން: 513

5- ރަޝިޔާ: 423

6- ޖަރުމަނު: 306

7- ފްރާންސް: 301

8- ޔޫކްރެއިން: 252

9- މިސްރު: 179

10- ބްރެޒިލް: 168

ރާއްޖޭގެ ބޯޑަރު މާޗު މަހުގެ ފަހުކޮޅު ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައި ވަނީ ޖުލައި 15 ގަ އެވެ.

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރާއްޖެއަށް އައީ ގާތްގަޑަކަށް 350،000 ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ، މިއަހަރު ނިމޭއިރު ރާއްޖެއަށް ގާތްގަނޑަކަށް 800،000 ފަތުރުވެރިން ގެނައުމެވެ.

އަންދާޒާ ކުރި މިންވަރާ ގާތަށް ވެސް އަދި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ނުކުރެ އެވެ. އެއީ ރާއްޖޭގެ ބޯޑަރު ހުޅުވި ނަމަވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ބޯޑަރު ހުޅުވާ ނުލާތީ އެވެ. މީގެ އިތުރުން، ރާއްޖޭގައި ބަލި ފެތުރުން އިތުރުވެފައިވުމަކީ ވެސް އޭގެ އެއް ސަބަބެވެ. --އެމްބީއެސް