އިންޑިއާގެ އަންދްރާ އާއި ހައިދްރައާބާދުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ކަމަށްވާ "ނާގަސް"ގެ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ގްރީން ގްރޯ ފުޑްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ހުޅުމާލެ ޓްރެކް ސަރަހައްދު ކައިރިން އުނިގަސް މަގުގައި ހުންނަ ހުޅުމާލެ ލޮޓް 10821 ގައި ހުޅުވި "ނާގަސް" އަކީ އިންޑިއާގެ މަގުބޫލް ރެސްޓޯރެންޓް ޗެއިނެކެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި ނަގާސްގެ 42 ރެސްޓޯރެންޓު ހުޅުވަފަ އެވެ.

އެންމެ ފުރަތަމަ ނަގާސްގެ އައުޓްލެޓެއް ހުޅުވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި 2009 ވަނަ އަހަރު އެވެ.

ގްރީން ގްރޯ ފުޑްސްގެ އޮފިޝަލަކު "ހުރިހާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަގާސްގެ މި ރެސްޓޯރެންޓަކީ އިންޑިއާ ކެއުން ލިބޭ ތަންތަނާ ތަފާތު ތަޖުރިބާއެއް ލިބޭނެ ރެސްޓޯރެންޓެއް ކަމަށެވެ. އަދި މިއީ އަގާއި ހިދުމަތުގެ ގޮތުން ވެސް ތަފާތު ރެސްޓޯރެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

https://www.facebook.com/110207344790056/photos/a.114556241021833/119637637180360

ގްރީން ގްރޯ ފުޑްސް އިން އަންނަނީ ނަގާސްގެ އައުޓްލެޓެއް މާލޭގައި ވެސް ހުޅުވުމަށް ވެސް ތައްޔާރުވަމުންނެވެ. މި އައުޓްލެޓް އަންނަ މަހުގެ ތެރޭގައި މާލެ ފުޑް ކޯޓުގައި ހުޅުވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.