ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށް ޖަރުމަނުގެ ލުފްތަންސާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ލުފްތަންސާ އިން މާލެއާ ފްރެންކްފަޓާ ދެމެދު އިއްޔެ ދަތުރުތައް ފެށިއިރު، އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރުކުރާނެ އެވެ. އެއީ ކޮންމެ އާދީއްތަ އަދި ބުދަ ދުވަހެ އެވެ.

ޖަރުމަނުގެ ލުފްތާންސާ އެއާލައިންގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ޖައްސާފައި. ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ މުހިންމު އެއް މާކެޓުން އަންނަ އެ އެއާލައިނުން ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް ކުރެ އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ބޯޑަރުތައް ހުޅުވާލިފަހުން މިމަހުގެ 21ގެ ނިޔަލަށް 31،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ޖަރުމަނުގެ ލުފްތާންސާ އެއާލައިންގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ޖައްސަނީ. ފޮޓޯ: އެމްއޭސީއެލް

ލުފްތާންސާގެ އިތުރުން ޔޫރަޕްގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.