އިޓަލީގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ސެން މާކޯ" ބްރޭންޑްގެ ކުލަ އާއި ވަރުނީސް ރާއްޖެއަށް ތައާރަފު ކުރަން ތައްޔާރު ވެއްޖެ އެވެ.

"ސެން މާކޯ" ބްރޭންޑްގެ ކުލަ އާއި ވަރުނީސް ރާއްޖެއަށް ތައާރަފް ކުރަނީ މުނި އެންޓަފްރައިސަސްއިންނެވެ. އެގޮތުން އެކުންފުނިން ވަނީ ނިމިގެންދިޔަ ލިވިން އެކްސްޕޯގައި މިޕްރޮޑަކްޓްތައް ދައްކާލާފަ އެވެ.

މުނި ހޯމްކެއާއިން ބުނީ އަންނަ އަހަރު ފެބްރުއަރީގައި ރާއްޖެއަށް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިޕްރޮޑަކްޓްގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް މުނި ހޯމްކެއާއިން ބުނެ އެވެ.

އިޓަލީގައި މައި މަރުކަޒު ހުންނަ ސެންމާކޯގެ ކުލަ އާއި ދަވާދު އަދި ވަރުނީސްއަކީ ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުންތަކެވެ. އަދި މި ކުންފުނީގެ އުފެއްދުން ތަކަކީ ރާއްޖެ ފަދަ މާހައުލުތަކަށް އެކަށީގެންވާ އުފެއްދުން ތަކެކެވެ.