އެސްޓީއޯގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ އަމިއްލަ ބޯޓު "އެމްއެސްއެސް ގެލީނާ" މިއަދު މާލެ އަތުވެއްޖެ އެވެ.

މި ބޯޓު މާލެ އައުމުގެ ކުރިން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްރީލަންކާގެ ޑޮކްޔާޑަށް ގެންގޮސް ބޯޓު ރީބްރޭންޑްކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ އެ ބޯޓުގެ ފުރަތަމަ ދަތުރުގައި ވެސް ރާއްޖެ އައީ ފުލް ކާގޯއާއެކު ކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެ ކުންފުނީގެ ފުރަތަމަ ބޯޓް އެ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ރާއްޖެ ގެނެސް ޚިދުމަތް ފަށާފައިވާއިރު، ސްރީލަންކާއާއި ރާއްޖެއާ ދެމެދު ކޮންމެ ދިހަ ދުވަހަކުން ދަތުރެއް ކުރެ އެވެ.

އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓްގެ ކްރޫއިންގެ 99 އިންސައްތައަކީ ދިވެހިންނެވެ.