"ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް، ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" މަޝްރޫއުގެ މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން، އެމްޓީސީސީއާ ހަވާލުކޮށްގެން މާލެ އަތޮޅު ވައްޓަރުފަޅު ފަރުގައި ތިން އާޓިފިޝަލް ރަށެއްގެ ވަނީ ހިއްކައި ނިންމައިފަ އެވެ. މިއިން ކޮންމެ ރަށެއްގައި ހަތް ހެކްޓަރު ހިމެނެ އެވެ.

ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 29.26 މިލިއަން ޑޮލަރަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް މިމަހުގެ 24 ވަނަ ދުވަހު ނިމިފައިވާއިރު މިމަޝްރޫއަކީ 2019 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީހގައި ބައިނަލްއަގްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫއެވެ.

ސެންޓާރާއިން މިހާރު ވެސް ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަ އެވެ.