ސްރީ ލަންކާގައި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އެން-އޭބަލްގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން، އެ ކުންފުނިން ޑިޒައިން ކޮންސަލްޓަންސީ އާއި އިންޖިނިއަރިންގެ ޚިދުމަތްތައް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

އެން-އޭބަލްގެ އަމާޒަކީ ކުންފުނީގެ ތަޖުރިބާތައް ކަސްޓަމަރުންނާއި ހިއްސާކޮށް، ވިޔަފާރީގެ ތެރެއިން ފުރިހަމަ ނަތީޖާތަކާއި ހަމައަށް ވާސިލުވެ، ވިޔަފާރީގެ ފެންވަރު ރަނގަޅުކުރާނެ މަގު ކަސްޓަމަރުންނަށް ފަހިކޮށްދިނުމެވެ.

އުމްރާނީ ވަސީލަތްތަކާއި އެޕްލިކޭޝަންގެ ދާއިރާތަކަށް ބޮޑު އިސްކަމެއް ދީގެން ޑިޒައިންގެ ދާއިރާއިން ވަށާޖެހޭ ހައްލުތައް ފޯރުކޮށްދިނުމަށްޓަކައި އެން-އޭބަލްއިން ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއެކު ޕާޓްނާޝިޕްތައް ގާއިމް ކުރާނެ އެވެ.

އެން-އޭބަލް އަކީ ކަންކަމަށް ބޭނުންވާ ހައްލުތައް ޑިޒައިންކޮށްދިނުމާއި، ތަންފީޒުކުރުމުގެ ޤާބިލުކަމާއި ވަސީލަތްތައް ހުރި ކުންފުންޏަކަށްވުމުން، ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންގެ ބެނުންތައް ފުއްދައިދިނުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ. އެހެންކަމުން އެން-އޭބަލްގެ އަމާޒަކީ މިހާތަނަށް އެކިއެކި ބައިނަލް އަގްވާމީ މާކެޓުތަކުގައި މަސައްކަތް ކޮށްގެން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރިޔަށްދިޔުމެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރިއަރާފައިވާ ހައްލުތައް، އެކިއެކި ޓެކްނޮލޮޖިކަލް ވަރޓިކަލްތައް ހިމެނޭގޮތުން، ބައިވަރު ސިނާއަތްތަކަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުދުނިޔެއަށް ވިޔަފާރި ފުޅާކުރުމުގެ ގޮތުން އެޅިގެން މިދާ ފިޔަވަޅާއި މެދު ވަރަށް އުފާކުރަން. އަޅުގަނޑުމެންގެ ގްލޯބަލް އެކްސްޕޭންޝަން ޑްރައިވްގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން މިސަރަހައްދުގައި އަޅުގަނޑުމެންގެ ވިޔަފާރި ވަރުގަދަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހިދުމަތްތައް ފެށިގެން ދިޔުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް،" އެ ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށް ފުޅާކުރުމާއި ބެހޭގޮތުން އެން-އޭބަލްގެ ސީއީއޯ އަސަންކާ ބިމާލް ރާޖަސިންހަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެކުގައި މަސައްކަތްކުރި ކަސްޓަމަރުންގެ އައިޓީ އަދި ބަދަލުގެނުވަނިވި ވިޔަފާރީގެ މުހިއްމު ބަޔަކަށް އެން-އޭބަލް ވެގެން ދިޔުމަކީ އެ ކުންފުނީގެ ހުނަރުތައް ކުރިއަރުވާ، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އަދި މިހާރު އެ ކުންފުނީގެ އުންމީދަކީ އެ ކުންފުނީގެ ގާބިލިއްޔަތު އިތުރުކޮށް، އާ ގައުމުތަކާއެކު ތަޖުރިބާތައް ހިއްސާކުރުން ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެން-އޭބަލްގެ ވިޔަފާރި ފުޅާކުރުމުގެ އަމާޒު ފާހަގަކޮށް، ހެޑް އޮފް އޮޕަރޭޝަންސް، ސަމީރަ ވިރާޖް ކޮދިޓުވައްކު ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ރާއްޖެއަށް ފުޅާކުރާކަން އިއުލާން ކުރަނީ ވަރަށް ފަޚުރުވެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސް ވެފައިވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތައް ކުރިއަރުވައިގެން ހެޔޮ ބަދަލުތަކެއް ގެނައުން. އަޅުގަނޑުމެންނަށް ދިވެހިރާއްޖެ ފެނިގެންދަނީ ވިޔަފާރި ކުރިއެރުވުމަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެފައިވާ މާކެޓެއްގެ ގޮތުގައި. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގެ ކުރިއަރަމުން އަންނަ އިޤްތިސާދުގެ ސަބަބުން އުފެދެމުންދާ ވިޔަފާރިތަކުގެ ޑިމާންޑުތައް ފުއްދުމަށް ޓެކްނޮލޮޖީގެ ރޮނގުން ހައްލުތައް ހޯދައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.

2008 ވަނަ އަހަރު އުފެދިގެން އައި އެން-އޭބަލް ކުންފުންޏަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކޮނޮލޮޖީގެ ތަފާތު ޚިދުމަތްތައް ފޯރުކޮށްދީ، ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ޓެލެކޮމް، ބޭންކިން އަދި ފައިނޭންޝަލް، ސަރުކާރު، އަދި އެންޓަޕްރައިޒްގެ ދާއިރާތަކުން ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެން-އޭބްލްއިން ވަނީ ގުޅިފައިވާ، ވިސްނުންތެރި، އަދި އެފިޝެންޓް ދުނިޔެއެއް ބިނާކުރުމުގެ މަގުސަދުގައި ސްރީ ލަންކާގައި، އަދި އެހެން ގައުމުތަކުގައި އެތަކެއް މުހިއްމު މަލްޓި-ސެކްޓޯރަލް ޓެކްނޮލިޖީ ޕްރޮޖެކްޓުތަކެއް ހިންގާފަ އެވެ.