Advertisement

ވީއައިއޭގެ އާ ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އާ ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ މުހިއްމު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދިޔަ ވީއައިއޭގެ އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ލޯނު ހަމަޖައްސައިދިނީ ސައޫދީ ފަންޑާއި އާއި އަބޫދާބީ ފަންޑު އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ. އެހެން ނަމަވެސް، އެ ފައިސާ ލިބުމުގައި ކުރިމަތިވި ގޮންޖެހުންތަކަކާ އެކު، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު މިދިޔަ އަހަރުގެ ވަކި ހިސާބަކުން އޮތީ މަޑުޖެހިފަ އެވެ.

އާ ސަރުކާރު ހަވާލުވުމަށް ފަހު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސައުދީ ފަންޑާ އެކު މަޝްވަރާތައް ފެށުމަށް ފަހު، މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ބިންލާދިން ގްރޫޕާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން، އާ ޓާމިނަލްގެ އިންޓީރިއާ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އެ ތަން ނިންމަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން، މި މަސައްކަތް އެއްކޮށް ނިންމުމަށް މިހާރު ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށެވެ.

ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އެއާޕޯޓުގައި އަލަށް ހަދާ ޓާމިނަލްގައި 40 ގޭޓް ބަހައްޓައި 36 އިމިގްރޭޝަން ކައުންޓަރު ގާއިމްކުރުމަށް އެމްއޭސީއެލް އިން ނިންމާފައިވެ އެވެ. އެވެ. އަދި ހަ އެއިރޯ ބްރިޖް ވެސް ހުންނާނެ އެވެ. އެ ޓާމިނަލް އެޅުމަށް 78،000 އަކަމީޓަރުގެ ބިމެއް ވަނީ ހުސްކޮށްފަ އެވެ.

ވީއައިއޭގައި މިހާރު ހުރި ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެކެވެ. އަލަށް ހަދާ ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ހަދާ ޓާމިނަލެއް ކަމަށް އެމްއޭސީއެލް އިން ކުރިން ބުނެފައިވެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ކުރިއަށް އެބަ ގެންދެ އެވެ. މި ބިޔަ މަޝްރޫއުގެ ދަށުން، 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އާ ރަންވޭއެއް ހަދާފައި ވާއިރު، އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައް ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top