Advertisement

އޯލެވެލް ގަދަ 10 އެވޯޑު އިތުރު 5 އަހަރަށް އެސްޓީއޯ އިން ސްޕޮންސާކޮށްފި

FacebookTwitterWhatsAppTelegramViber

އޯލެވެލް އިމްތިހާނުުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ "ޓޮޕް އެޗީވާސް އެވޯޑް" ކުރިއަށް އޮތް ފަސް އަހަރަށް ސްޕޮންސަކުރުމަށް ވެސް އެސްޓީއޯ އިން ނިންމައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ އެވެ.

ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ މި އެވޯޑް އެސްޓީއޯ އިން ވަނީ މިދިޔަ ފަސް އަހަރު ވެސް ސްޕޮންސަކޮށްފަ އެވެ. އެހެންކަމުން، މިއީ ވިދިވިގެން އެސްޓީއޯ އިން މި އެވޯޑް ސްޕޮންސަ ކުރާތާ 10 އަހަރު ފުރޭނެ އެވެ.

މިދިޔަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top