Advertisement

ބީއެމްއެލް އިން ހުޅުމާލޭގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

FacebookTwitterWhatsAppTelegramViber

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އެމެރިކާ ޑޮލަރަށް ހާއްސަ އޭޓީއެމްއެއް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހުންނަ ރެނާޓަސް އިތާމުތް އިމާރާތުގައި ގާއިމްކޮށްފައިވާ އޭޓީއެމް ރަސްމީކޮން އިފްތިތާހު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.

"މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް. ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުން. މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ. މި ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ހިދުމަތް ދެވެމުންދާކަން ފާހަގަކޮށްލަން،" ސޯޔާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އާބާދީ އާއި ވިޔަފާރީގެ ގޮތުން ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ހުޅުމާލޭގައި މި ހުޅުވި ޑޮލަރު އޭޓީއެމް އަކީ ބީއެމްއެލްގެ ހިދުމަތްތައް ހުޅުމާލެ އަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމްއެއް ކަމަށެވެ. މިއާ އެކު، ބީއެމްއެލް އިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި ހަތް އެޓީއެމް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.
މި އޭޓީއެމް ބޭނުންކޮށްގެން ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ހިދުމަތް ވެސް ހޯދޭނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 110 އޭޓީއެމް، 5500 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top