އަހަރު ނިންމުމާ ދިމާކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ބޮޑު ޑިސްކައުންޓެއް ލިބޭ، "އެކުލަ މިކުލަ" ނަމުގައި ނިޕޯން ޕެއިންޓަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ކުލަ އާއި ދަވާދު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުނިން ފެށި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ.

ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ.

އަހަރު ނިންމުމާ ދިމާކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ވަނީ "އެކުލަ މިކުލަ" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. ނިޕޯން އަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ މޮޅު ބްރޭންޑެއް. ފޮޓޯ: އެސްޓީއޯ

މީގެ އިތުރުން މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމްސް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މިގޮތުން 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ އެވެ.

ހަފްތާއަކު އެއް ފަހަރު ނެގޭ މި ލަކީޑްރޯގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ތިން ފަރާތެއް ހޮވައި، އެއިން ކޮންމެ ފަރާތަކަށްވެސް ޑުބާއީ ދެކޮޅު ޓިކެޓް ދޭން ވެސް ނިންމާފައިވެ އެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ މޮޅު ބްރޭންޑެކެވެ.

އަހަރު ނިންމުމާ ދިމާކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ވަނީ "އެކުލަ މިކުލަ" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. ނިޕޯން އަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ މޮޅު ބްރޭންޑެއް. ފޮޓޯ: އެސްޓީއޯ