baazaaru.hurihaa.mv
baazaaru.hurihaa.mv
ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހު އިއުލާނުކޮށްފި
                    <description>ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ގޭމިން އިވެންޓް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026" އަންނަ ނޮވެމްބަރު މަހުގެ 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި...</description>
އެންމެ ބޮޑު މަނީ އެކްސް ޗޭންޖާއެއް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި
                    <description>ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުނީގެ މަނީ އެކްސްޗޭންޖިން ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފި އެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެ ކުންފުންޏަށް ސުޕަވައިޒަރީ ފިޔަވަޅު އަޅާފައި ވަނީ މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފުވުމުންނެވެ. އެމްއެސް ފައިނޭންސްއަކީ ރާއްޖޭގައި އެންމެ...</description>
ކްރޮސް ސަބްސިޑީގެ ދަށުން ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާ ރޭޓްތަކަށް ބަދަލުތަކެއް
                    <description>ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ބައެއް އަތޮޅުތަކުން ރަށްރަށާއި ފަޅުތައް ދޫކުރާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލުގެނެސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މި އިސްލާހާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ ރަށްރަށަށް އެކަނި ކަމަށެވެ. އަދި މި ލުއިތައް ދެމިއޮންނާނީ ދެ...</description>
ފައިނޭންސިން ފެސިލިޓީތަކަށް ފައިސާ ނުދައްކާނަމަ ބޭންކިން ހިދުމަތް މެދުކަނޑާލަނީ
                    <description>އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް 1 ނޮވެމްބަރުން ފެށިގެން ބޭންކިން ހިދުމަތްތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.
މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
އެހެންކަމުން، އެއްވެސް ކަހަލަ ހުރަހެއް ނެތި ހިދުމަތްތައް ބޭނުން ކުރުމަށް، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ފެސިލިޓީއަށް ފައިސާ ދައްކައި ހަލާސްކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ އިލްތިމާސްކޮށްފަ...</description>
މި މަހުގެ މިހާތަނަށް ޓޫރިސްޓުން އައި މިންވަރު 3.9 އިންސައްތަ ދަށްވެއްޖެ
                    <description>މި މަހުގެ މިހާތަނަށް ރާއްޖެއަށް 79,529 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.9 އިންސައްތައިގެ ދަށްވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 1 އިން 14 ގެ ނިޔަލަށް 79,529 ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 82,770 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އަދި އަހަރުގެ ޖަނަވަރީ މަހުން...</description>
30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި
                    <description>ރިޒާވް ބޭންކު އޮފް އިންޑިއާ މެދުވެރިކޮށް ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފި އެވެ.
އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، މި ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް އެ ގައުމުން ނިންމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގެ މާލީ ތަނަވަސްކަމާއި އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމުގެ ބޭނުމުގައި ކަމަށެވެ. މި ނިންމުން ނިންމީ ދިވެހި ސަރުކާރުގެ އެދުމަކަށެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް...</description>
އެސްއެމްއީ ޑިޖިޓަލް އިން ރީފައިނޭންސިން އަށް ހާއްސަ ހަފްތާއެއް ބާއްވަނީ
                    <description>އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފައިނޭންސިން ފެސިލިޓީތަކަށް ބަދަލުކުރުމަށް "ރީފައިނޭންސިން ހަފްތާ" އެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މި ރީފައިނޭންސިންގ ހަފްތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޫބަރު އިން 22 އޮކްޓޫބަރު ނިޔަލަށެވެ.
ރީފައިނޭންސިން ހަފްތާގެ މަގުސަދަކީ،އެސްއެމްއީ ޑިޖިޓަލްގެ ރީފައިނޭންސިންގ އޮފަރ ލިބިފައިވާ ކަސްޓަމަރުންނަށް މުވައްޒަފުންގެ އެހީތެރިކަމާއެކު ވަގުތުން މި މަރުހަލާ ފުރިހަމަކުރުމެވެ. މިގޮތުން، ކަސްޓަމަރުންނަށް ވަގުތުން އައު އެއްބަސްވުމުގައި ސޮއިކުރެވޭނެ އެވެ.
މި...</description>
ސަބްސިޑީ ހޭދަ ދެގުނަވެ، ބަޖެޓުން ބޭރުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި
                    <description>ތެލާއި އަސާސީ އެހެނިހެން ތަކެތީގެ އަގުތައް މައްޗަށް ގޮސް ސަބްސިޑީއަށް ކުރި ހޭދަ ދެގުނަވެ، ދައުލަތުގެ ބަޖެޓުން ބޭރުން 1.37 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް' އިން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި 4.26 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ މިއަހަރު ސަބްސިޑީއަށް ބަޖެޓުކުރި 2.89 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އަދި މިދިޔަ އަހަރުގެ...</description>
ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 15 ޕަސެންޓް ދަށަށް
                    <description>ދައުލަތުގެ ރަސްމީ ރިޒާވުން ހަރަދުކުރުމަށް ހުންނަ ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ފާއިތުވި ސެޕްޓެމްބަރު މަހު 15.4 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހު ބޭނުންކުރެވޭ ރިޒާވްގައި 200.6 މިލިއަން ޑޮލަރު ހުރި ނަމަވެސް، ސެޕްޓެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 169.8 މިލިއަން...</description>
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުގެ އެހީގައި ފެށި "ދަ އައިލެންޑް ފެކްޓްރީ" ކާމިޔާބު
                    <description>ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން، ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ފަށައިފި އެވެ.
ނިޔާފް މި ވިޔަފާރީގެ ބިންގާ އެޅީ ޒަމާނީ ޕްރޮސެސިން އަދި ޕެކޭޖިން ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ އަމާޒުގަ...</description>
ދައުލަތުގެ ހަރަދުތައް ބޮޑުވެ ޑެފިސިޓް 4.4 ބިލިއަން ރުފިޔާއަށް އަރައިފި
                    <description>ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދުތައް ބޮޑުތަނުން އިތުރުވެ، މިއަހަރުގެ މިހާތަނަށް ދައުލަތުގެ މާލީ ހިސާބުތަކުން 4.418 ބިލިއަން ރުފިޔާގެ ބޮޑު ޑެފިސިޓެއް ރެކޯޑްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.566 ބިލިއަން ރުފިޔާ ލިބުނުއިރު، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 35.984 ބިލިއަން ރުފިޔާއަށް އަރާފަ އެވެ....</description>
ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފި
                    <description>މިހާރު ދައުރުކުރަމުންދާ 5 ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ވަރަށް މަދުވެފައިވުމާއެކު، އެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި އެވެ.
މި ނޫޓް ދައުރުކުރުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފަސް ރުފިޔާގެ ނޫޓަކީ...</description>
އިންޑިއާއިން ދިން 320 މިލިއަންގެ ކަރަންސީ ސްވަޕްގެ މުއްދަތު އިތުރުކުރަން ރާއްޖޭން އެދިއްޖެ
                    <description>ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން އަވައްޓެރި އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފައިވާ 320 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް (ރޯލްއޯވާ ކުރުމަށް) ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ އެވެ.
މި އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ހަމަވާތީ، އުސޫލުގެ މަތިން އެ ފައިސާ މި މުއްދަތުގައި އަނބުރާ ދައްކަންޖެހެ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި ބޭރު ފައިސާގެ...</description>
ތެލުގެ އަގު މައްޗަށް ގޮސް އިގުތިސާދަށް ބާރުބޮޑުވުމުން ބޭރުގެ އެހީއަށް ރާއްޖެއިން އެދިއްޖެ
                    <description>ތެލުގެ އަގުތައް މައްޗަށް ދިއުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރިޒާވް ވަރުގަދަކޮށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށްގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުން ސަރުކާރުން އެނާޖީ ސަބްސިޑީއަށް ކުރާ ހަރަދު މިއަހަރު ތިންގުނައަށް އިތުރުވެފައިވާ...</description>
މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ
                    <description>މިފްކޯގެ ސެންޓަރުތަކާއި މަސް ގަންނަ ބޯޓުފަހަރަށް މަސް ކިރުވާ މިންވަރަށް ބަލައި، މަސް ގަންނަ އަގުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފި އެވެ.
މި އާ ބަދަލާ އެކު، އެ ކުންފުނިން މިހާރު މަސް ގަންނަމުންދަނީ ތިން ރޭޓަކަށް ބަހާލައިގެންނެވެ.
އެގޮތުން 1 ޓަނާއި 5 ޓަނާ ދެމެދުގެ މަސް ކިރާނަމަ ކިލޯއަކަށް ލިބޭނީ 21 ރުފިޔާ އެވެ. އަދި 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރާނަމަ...</description>
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯން 18 ޕްރޯ މެކްސްއެއް!
                    <description>ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ)އަށް ހަމައެކަނި ސަބްސްކްރައިބްކޮށްލައިގެން އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސްގެ ބާގަންޑީ ކުލައިގެ ފޯނެއް ހޯދުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފި އެވެ.  
މި އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެންބަރުގެ ކުރިން މި ލިންކު މެދުވެރިކޮށް ސައިން-އަޕް ކުރުމަށްފަހު ޕްރޮފައިލް ވެރިފައިކުރުމުން މި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި، ގުރުއަތުން ހޮވޭ އެއް ނަސީބުވެރި ފަރާތަކަށް މި ހާއްސަ...</description>
ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކަށް އެކަނި ބޭސްފަރުވާއަށްދޭ 1000 ޑޮލަރު ދެނީ
                    <description>ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކަށް އެކަނި ބޭސްފަރުވާއަށްދޭ 1000 ޑޮލަރު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
މިގޮތަށް އަމިއްލަ ހަރަރުގައި ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށްދާ ދިވެހީންނަށްދޭ 1000 ޑޮލަރު ދޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު، އަދި  ޔޫއޭއީ އިންނެވެ.
މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީންކުރުމަށްޓަކައި ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
މި އަހަރުގެ ސެޕްޓެންބަރުގެ...</description>
ދިރާގު ރޯޑްރޭސްގައި މި އަހަރު 5،500 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ
                    <description>ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު، 5،500އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީކޮށްފި އެވެ.
މިއީ މިހާތަނަށް މި ދުވުމުގައި އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވި ފަހަރު ކަމަށްވާއިރު، މި ކަމުން ދޭހަވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ގޮތުގައި މި ހަރަކާތަށް އޮތް ބޮޑު މަގްބޫލުކަމެވެ. މި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ 4،000 ފުރުސަތު ހުޅުވާލި...</description>
ފޯބްސްގެ މި އަހަރުގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް
                    <description>ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޯބްސް އާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' ގުޅިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ޖާގަ ލިބިއްޖެ އެވެ.
މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ. މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ...</description>
ކޮޑެގަލާގައި 20 ކޮޓަރީގެ ރިސޯޓެއް ހުޅުވައިފި
                    <description>އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ "ނިލާ ކޮރަލް އައިލެންޑް" ރިސޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގދ. އަތޮޅުގައި މި ރިސޯޓު ހުޅުވުމާއެކު އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސް އިޔާ 2027 އާ އެކު ކޮންމެ ރިސޯޓަކީވެސް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ފައިދާ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް...</description>