Advertisement
ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލްއަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބޭންކިން ހިދުމަތްތަކަށް ބޮޑު ބަދަލެއް ގެނެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ވަކިވަކި ހިދުމަތްތަކަށް ހާއްސަ ސެންޓަރު ތަކެއް ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.
މި ޕްލޭންގެ ދަށުން، އަންނަ ޖެނުއަރީ މަހު، އެކައުންޓް ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް މުޅިން އަލަށް ހުޅުވުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ. މި ސެންޓަރުތައް މެދުވެރިކޮށް ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެ އެވެ.
ބީއެމްއެލް އިން ބުނީ، މި ފެށިގެންދާ އާ އަހަރާ އެކު، މުޅިން އަލަށް ޑިޖިޓަލް ބްރާންޗެއް މަޖީދީމަގުގައި ހުޅުވިގެންދާނެ ކަމަށެވެ. މި ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާ ސެންޓަރަކަށް ކަމަށް އެ ބޭންކުން ބުންޏެވެ. މި ބަދަލާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވިގެން ދާނެ އެވެ.
"ހުޅުވުމަށް ކަނޑައެޅިފައިވާ އާ އެކައުންޓް އޯޕަނިން ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ. އަދި ޑިޖިޓަލް ބްރާންޗާ އެކު ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި އެވެ.
ކައުންޓަރުން ފޯރޮކޮށްދެވޭ ފައިސާގެ މުއާމަލާތްތައް ނުހިމެނޭ އެހެން ހުރިހާ ހިދުމަތެއް އަލަށް ހުޅުވިގެންދާ އެކައުންޓް އޯޕަނިން ސެންޓަރާއި ލޯން ސެންޓަރާ އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމަ ސާވިސް ސެންޓަރާއި ބިސްނަސް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ފައިސާގެ މުއާމަލާތްތައް ހިމެނޭ ހިދުމަތްތައް މާލޭގައި މެއިން ބްރާންޗް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ، އެ ބޭންކުން ބުނި ގޮތުގައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އައްޑޫ ބިން ހިއްކުމާއި މަގުގެ ޑިޒައިން 100 މިލިއަނަށް އިންޑިއާ 2 ކުންފުންޏަށް
ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި
މިދިޔަ މަހު އެކްސްޕޯޓް ދަށްވެއްޖެ، އިމްޕޯޓް މައްޗަށް
އެމެރިކާ މީހުން މި އަހަރު އެންމެ ގިނައިން ގޫގްލް ކުރި މަންޒިލަކީ ރާއްޖެ
މިދިޔަ 10 އަހަރުގެ އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ 3 ރިސޯޓް
އެމޭޒަން އިން ބޭނުންވަނީ ރޮބޮޓްގެ އެހީގައި 30 މިނެޓުން މުދާ 'ޝިޕް'ކުރަން