ގިނަ ވިޔަފާރިވެރިންގެ އިތުރުން ޢާންމު ރައްޔިތުންވެސް އަގުހެޔޮކޮށް މުދާ އިމްޕޯޓް ކުރަމުންދާ އެއް ގައުމަކީ އިންޑޮނޭޝިއާ އެވެ. އިންޑޮނޭޝިއާއިން މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ ހެޔޮއަގުގައި ހޯދައި ދިނުމާއި ރައްކާތެރިކަމާއި އެކުގައި ރާއްޖެއަށް ފޮނުވައި ދިނުމުގެ މަސައްކަތް ކުރާ އެއްކުންފުނި ކަމަށްވާ އިންޑޯ ރާއްޖެ އާއި ރެޑްބޮކްސް ގުޅިގެން ރެޑްބޮކްސްގެ އޮފީހެއް އިންޑޮނޭޝިއާގައި ގާއިމުކޮށް ރެޑްބޮކްސް އިންޑޮނޭޝިޔާގެ ނަމުގައި މިހާރު މިވަނީ ފަސޭހައިން ރަށުގައި ތިބެގެން އޮންލައިކޮށް ސީދާ އިންޑޮނޭޝިއާ އިން ވިޔަފާރިކުރުމަށް މަގުފަހިކޮށްދީފަ އެވެ.

އޭޝިއާގެ މަޝްހޫރު އެތައް އޮންލައި ވެބްސައިޓުތަކުން ވިޔަފާރި ކުރުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެފަދަ ގިނަ ވެބްސައިޓުތަކުން ރާއްޖެއަށް ޑެލިވަރީކޮށް ނުދިނުމެވެ. ނަމަވެސް ރެޑްބޮކްސްގެ ޚިދުމަތާއެކު އިންޑޮނޭޝިއާއިން އެ ބޭފުޅަކު ވިޔަފާރި ކުރެއްވުމަށް ޚާއްސަ އެޑްރެސް އެއް ލިބޭނެ އެވެ. އެ ބޭފުޅެއްގެ އަމިއްލަ ގުދަން ޖާގައާއެކު ބޭނުންވާ ދުވަހަކުން ޝިޕްކުރަން ރިކުއެސްޓު ކޮށްލެވޭނެ އެވެ.

މުދާ ކޮންސޮލިޑޭޓްކޮށްދިނުމާއި އެސިސްޓެޑް ޝޮޕިން ސާވިސް އަދި ފުލްފިލްމަންޓް ސާވިސްގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް ރެޑްބޮކްސްއިން ބުނެ އެވެ. މި ޚިދުމަތްތަކުގެ އިތުރުން އިންޑޮނޭޝިއާއިން ބޭނުންވާ އިތުރު ވިޔަފާރީގެ ޚިދުމަތްތައް ހޯއްދެމަށް www.redboxindonesia.com މި ވެބްސައިޓަށް ޒިޔާރަތް ކޮށްލައްވާށެވެ.

"އަޅުގަނޑުމެން މިގެންދަނީ ކަސްޓަމަރުން އެންމެ ބޭނުންފުޅުވާ ޤައުމުތަކުން ރެޑްބޮކްސްގެ ޚިދުމަތްތައްް ލިބޭނެ ގޮތް ހަދާދެވޭތޯ. އިންޑޯއަކީ ދިވެހިން ވަރަށް ފަރިތަ މާކެޓެއް. އުންމީދަކީ އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ޚިދުމަތް ހޯއްވަމުންދާ ކަސްޓަމަރުންނަށް ފަސޭހަ އަދި އަގު ހެޔޮ ޚިދުމަތެއް ދިނުން،" ރެޑްބޮކްސް ގެ ސީއޯއޯ ޙުސައިން ޝާހިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ރެޑްބޮކްސްގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ކޫރިއާގެ ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

އިންޑޮނޭޝިއާއެކު ތައިލެންޑް ،ކޮރެއާ، މެލޭޝިޔާ، ސްރީ ލަންކާ، ޗައިނާ އަދި އެމެރިކާގައި ވެސް ރެޑްބޮކްސްގެ ފްރެންޗައިސްތައް ހުޅުވާ އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. ރެޑްބޮކްސްއަކީ 2015 ވަނަ އަހަރުން ފެށިގެން ކޫރިއާ އަދި ފްރައިޓް ފޯވާޑިންގެ ހިދުމަތްތައް ދެމުން އަންނަ ދިވެހި ކުންފުންޏެކެވެ