ދިވެހި ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުން އެކި ކަންކަމާއި ގުޅިގެން ނަގާފައިވާ ލޯނުތަކާއި އެކުގައި ދައުލަތުގެ ދަރަނި ވަނީ 99 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ސަރުކާރުގެ އެކި މަޝްރޫއުތަކާއި ގުޅިގެން މި އަހަރު ފެށުނު ފަހުން ނެގި ލޯނުތަކާއޮ ސޮވެރިން ގެރެންޓީއާ އެކު ނިމިދިޔަ އަހަރު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ސޮވެރިން ގެރެންޓީ ނުލައި ދަރަނީގެ އަދަދު ހުރީ 85 ބިލިއަން ރުފިޔާގަ އެވެ.

އެގޮތުން އެތެރޭގެ 52 ބިލިއަން ރުފިޔާ ހިމެނޭއިރު، 33 މިލިއަން ހިމެނެނީ ބޭރުގެ ދަރަނީގެ ގޮތުގަ އެވެ.

ދައުލަތުން މީގެ ކުރިން ވަނީ މިއަހަރުގެ ދަރަނި 103 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ.

އޭގެ ތެރޭގައި ސަރުކާރުން އެންމެ ގިނައިން ލޯބިގެ ގޮތުގައ ރުފިޔާ ނަގާފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ.