ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ މުހިންމުކަމާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާއިރު، ހޯސޭލް އަދި ރިޓޭލް ވިޔަފާރިކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން ވިލާ މާޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ސިއްހަތަށް ފައިދާ ހުރި ގްލޫޓަން ފްރީ އަދި އޯގަނިކް ބާވަތްތަކަށް އާއްމުންނަށް ފޯރުކޮށްދިނުމަށެވެ.

މަޝްހޫރު "ބޮބްސް ރެޑްމިލް" ފަދަ ސިއްހީ ގޮތުން ފައިދާ ހުރި ބްރޭންޑްތަކުގެ ތެރެއިން ބްރޭންޑެއް ފޯރުކޮށްދިނުމަކީ ވިލާ މާޓަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މި އުފެއްދުމުގެ ސަބަބުން އާއިލާ އާއި ރަހުމަތްތެރިންނާ އެކު ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ހަނދާނުން ފޮހެލަން ދަތި ކެއުންތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެ އެވެ.

ބޮބްސް ރެޑްމިލްއަކީ ގުދުރަތީ، ސެޓިފައިޑް އޯގަނިކް އަދި ގްލޫޓަން ފްރީ މިލިޑް ގްރެއިންގެ ބާވަތްތައް އުފައްދާ ކުންފުންޏެކެވެ.

އެ ކުންފުނީގެ އުފެއްދުންތައް އެމެރިކާ، ކެނެޑާ، އަދި ކެރީބިއަން ފަދަ އެތައް ތަނެއްގައި، 400 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދައިގެން ޑިސްޓްރިބިއުޓް ކުރަމުން ގެންދެ އެވެ.

ބޮބްސް ރެޑް މިލްސްގެ އުފެއްދުންތައް ވިލާ މާޓުން ލިބެން ހުންނާނެ. ފޮޓޯ: ވިލާ ޓްރޭޑިން

އެއިން ކޮންމެ ބާވަތަކުން ތައްޔާރުކުރާ ސީރިއަލް އާއި ގޮދަން ފުށް ފަދަ ހޯލް ގްރެއިންސްގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި ލިބެންހުރެ އެވެ. މި މަޝްހޫރު ބްރޭންޑްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެއްގެ ހައިސިއްޔަތުން ވިލާ މާޓުންން ބޭނުން ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް، ފައިދާ ހުރި ފެންވަރު ރަނގަޅު އުފެއްދުންތަކެއް ލިބުނު ފުރުސަތު ހޯދައިދިނުމަށެވެ.

ގްލޫޓަން ފްރީ އަދި އޯގަނިކް ޕްރޮޑަކްޓްތަކުގެ ރަނގަޅު ބެލެންސްޑް ބްލެންޑަކާއެކު ވިލާ މާޓުން ގެނެސް ދެނީ އެތައް ބައިވަރު ހޮޓް ސީރިއަލް އަދި އޯޓްމީލްގެ ވައްތަރުތަކެކެވެ. އެގޮތުން އެންމެ މަޝްހޫރު ބާވަތްތަކުގެ ތެރޭގައި، އިންސްޓެންސް މިކްސް (ކޭކް، ޕޭން ކޭކް، ބްރައުނީ، ވޮފްލްސް)، ފަދަ ގިނަ އަދަދަކަށް ޕްރޮޓީން މާއްދާތައް ހިމެނޭ ގިނަ ބާވަތްތައް ހިމެނެ އެވެ.

ބޮބްސް ރެޑް މިލްސްގެ އުފެއްދުންތަކެއް މީހަކު ބަލަނީ. މި އުފެއްދުންތައް ވިލާ މާޓުން ލިބެން ހުންނާނެ. ފޮޓޯ: ވިލާ ޓްރޭޑިން

ވިލާ މާޓްގެ ކާމިޔާބީގެ ސިއްރަކީ ކަސްޓަމަރުންނާ ރައްޓެހި ކަސްޓަމާ ސާވިސްއެއް ދިނުމުގެ ހިތްހަމަޖެހުން އަބަދުވެސް ލިބުމެވެ. ވިލާ މާޓްގެ ލޮބުވެތި ކަސްޓަމަރުންގެ ފަސޭހައަށްޓަކައި، އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށް، ވާނީ ވިޔަފާރިކުރޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. ވިލާ މާޓްގެ ވެބްސައިޓަކީ އެތަނުން ލިބެން ހުރި ޕްރޮޑަކްޓްތަކުގެ އާންމު މައުލޫމާތު ދިނުމުގެ އިތުރުން އީ-ކޮމާސް އަށް އަމާޒުކޮށްގެން އުފައްދާފައިވާ ވެބްސައިޓެކެވެ.

ވެބްސައިޓްގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކުރުން ފަސޭހަކުރުމުގެ ގޮތުން ވިލާ މާޓްގެ އެޕްލިކޭޝަން އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކުގައި އެފްއެންޑްބީ ޝޯގައި އޮތް ހުންނަ ވިލާ ގޭސް އަދި ވިލާ ޓްރޭޑިންގެ ސްޓޭންޑްގައި ޕްރޮޑަކްޓްތަކެއް ބަހައްޓާފައި. ފޮޓޯ | ހުރިހާ

ވިލާ މާޓުން އަބަދުވެސް އިސްކަންދެނީ ކޮސްމެޓިކްސް އާއި ގޭތެރެއަށް ބޭނުންވާނެ އެކި ބާވަތްތައް ވެސް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތައް ބާޒާރަށް ސަޕްލައި ކޮށްދިނުމަށެވެ.

ވިލާ މާޓްގެ މަގުސަދަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ބޭނުންވާ އުފެއްދުންތައް ވިއްކާ އެންމެ މަގުބޫލު މާކެޓަރުން އަދި ޑިސްޓްރިބިއުޓަރުންގެ ތެރޭގައި ހިމެނުމެވެ.