ވިލާ ޓްރޭޑިންއިން ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުން އަންނަ އަލްމަރާއި ބްރޭންޑްގެ އުފައްދުންތަކުގެ ރަހަ އާއްމުންނަށް ދައްކާލުމަށް ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އަލްމަރާއިއަކީ ހައި ގްރޭޑެޑް ޑެއިރީ ޕްރޮޑަކްސްތައް ހިމެނޭ ހާއްސަ މޮޅު ބްރޭންޑެކެވެ. އަދި ޔޫގޯވް އެފްއެމްސީޖީ/ ސީޕީޖީ ރޭންކިން 2021ގެ ނަމްބަރު 1 ބްރޭންޑްގެ ގޮތުގައި ފާހަގަކޮށްފައިވާ ބްރޭންޑަކަށް ވެސް މި ބްރޭންޑް ވެފައިވެ އެވެ.

ވިލާ ޓްރޭޑިން އިން ބުނީ، އަލްމަރާއި ބްރޭންޑްގެ އުފެއްދުންތައް ހިލޭ އާއްމުންނަށް ރަހަ ދައްކާލުމަށް ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ވިލާ މާޓްގެ ފިހާރައިގެ ކުރިމަތީގައި ކުރިއަށް ދާނެ ކަމަށެވެ.

އެ ދެ ފިހާރަ އަކީ ރެހެންދި ހިނގުމުގައި ހުންނަަ ވިލާ މާޓް އާއި ޕީއެސްއެމް ކުރިމަތީގައި ހުންނަ ވިލާ މާޓް 3 އެވެ.

ރެހެންދި ހިނގުމުގައި ހުންނަަ ވިލާ މާޓް. ފޮޓޯ: ވިލާ މާޓް

ވިލާ އިން ރާއްޖެ އެތެރެކޮށް މާކެޓް ކުރާ އަލްމަރާއި ބްރޭންޑްގެ އުފައްދުންތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ޗީޒްގެ ބާވަތްތައް ކަމަށްވާ މިލްކް (އެވަޕަރޭޓެޑް، ފްލޭވާޑް، ފެޓް ފްރީ، ފުލް ކްރީމް) އާއި ތާޒާ މޭވާޖޫސް ޕެކެޓުގެ އެކި ވައްތަރުތަކުގެ ތެރޭގައި ހިމެނޭ އާފަލު، އޮރެންޖް ފަދަ އެތައް ވައްތަރެއްގެ ޖޫސް ޕެކެޓާއި، އޭގެ އިތުރުން މި ބްރޭންޑްގެ ބަޓަރުގެ ގިނަ ބާވަތްތައް ހިމެނެ އެވެ.

ވިލާ ޓްރޭޑިން އިން ބުނީ، ހޮނިހިރު ދުވަހު ބާއްވާ މި އިވެންޓްގައި ބޮޑަށް ހާއްސަ ކުރާނީ ކިރުގެ ބާވަތްތަކަށް ކަމަށެވެ. އެގޮތުން ޔޫއެޗްޓީ މިލްކްގެ އެކި ރަހަތައް ލިބޭ ކިރުގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި ޗޮކްލެޓް، ސްޓްރޯބެރީ، ބަނާނާ، ވެނީލާ، ފެޓް ފްރީ އަދި ލޯ ފެޓް މިލްކް ހިމެނެ އެވެ. އަދި މި ހާއްސަ އިވެންޓް ކުރިއަށްދާއިރު، ކުޑަކުދިންނާއި ގުޅޭ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށް ވިލާ އިން ބުނެ އެވެ.

ވިލާ އިން މީގެ ކުރިން ބޭއްވި ރަހަ ދައްކާލުމުގެ އިވެންޓެއްގެ ތެރެއިން. ފޮޓޯ: ވިލާ މާޓް

މީގެ ކުރިން ވެސް މިފަދަ އިވެންޓެއް ވިލާ އިން ބާއްވަފައިވެ އެވެ. އަދި އެ އިވެންޓަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކުންފުނިން ރާއްޖެ ގެންނަ އުފައްދުންތަކުގެ ރަހަ ދައްކާލުމަށް ހާއްސަ އިވެންޓްތައް ބޭއްވުމަށް ނިންމާފައިވެ އެވެ.