ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުބޮޑުކޮށްފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނަނުން ދޮގުކޮށްފި އެވެ.

މޯލްޑިވިއަނުން ޓިކެޓު އަގުބޮޑުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން އައިލެންޑްއޭވިއޭޝަނުން ބުނީ އެ ކުންފުނިން އެއްވެސް މަންޒިލަކަށް ދަތުރުކުރަން ޓިކެޓު އަގުބޮޑުކޮށްފައި ނުވާ ކަމަށެވެ.

ޓިކެޓްގެ އަގު ބޮޑު ނުވިޔަސް އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން ފިއުލާ ސާޗާޖުގެ ގޮތުގައި ނަގާ އަދަދު މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ޓިކެޓް އަގުހެޔޮކުރުމަށްޓަކައި ސަރުކާރުން ކޮންމެ މަހަކު އެ ކުންފުންޏަށް ސަބްޒިޑީޒްގެ ގޮގޮތުގައި ފައިސާ ދެ އެވެ.