އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފައެއް އިއުލާންކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ މި އޮފާގެ ދަށުން، އެމް-ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ފަރާތްތަކަށް އަދި ވިޔަފާރި ކުރައްވާ ފަރާތްތަކަށް، އަދަދުގެ ފަސް ޕަސެންޓާ ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެ އެވެ. މިއަދު މި ތައާރަފްކުރި ހާއްސަ އޮފާ އެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނިގޮތުގައި ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހައް އޯޑަކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ވެސް ކޭޝްބެކް އޮފާގެ އުފާ ލިބޭނެ އެވެ. އަދި މި ޕްލެޓްފޯމްގައި ޔޫޓިލިޓީ ޕޭމަންޓް އޮޕްޝަންތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނެ އެވެ.

މީގެ އިތުރުން ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫން ވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އެކު އެމް-ފައިސާ އިން ވަނީ ޕާޓްނާ ވެ، އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފައިވެ އެވެ.

އުރީދޫން ބުނިގޮތުގައި ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓްވި ކަމުގެ އެސްއެމްއެސް އެއް ލިބޭނެއެވެ. އަދި ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތައް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޕެކޭޖް އަޕްގްރޭޑް ކޮށްލުމަށް https://www.ooredoo.mv/webapps/register/public ޒިޔާރަތްކޮށްލައްވާށެވެ.

އެމް-ފައިސާ އަށް ރެޖިސްޓާކުރުމަށް:

  1. އުރީދޫ އެޕް ޑައުންލޯޑްކުރޭ http://ore.do/app
  2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލާ
  3. މައުލޫމާތު ފުރިހަމަކުރުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރުމުން ލިބޭ އޯޓީޕީ ނަންބަރު ޖަހާ
  4. މޮބައިލް ނަންބަރު ޖެހުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާ
  5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ
  6. ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރޭ.

އުރީދޫން ބުނިގޮތުގައި ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެ އެވެ.