ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޔޫސުފް ސިރާޖު މިއަދު އައްޔަންކޮށްފި އެވެ.

ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނީގެ އިސްވެރިޔަކަށް އެންމެ ފަހުން ހުންނެވީ އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު، އާދަމް މުހައްމަދެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ މާޗު މަހު 14 ވަނަ ދުވަހު އެވެ.

އާދަމް މުހައްމަދު ފަހުން އައްޔަން ކުރީ ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމަށެވެ.

ވެމްކޯގެ އެމްޑީގެ މަގާމަށް ސިރާޖް މި ހަމަޖެއްސީ އެ މަގާމު ހުސްވެފައި އޮންނަތާ ފަސް މަސް ފަހުންނެވެ.

އެކަމަކު، ޕޯސްޓް ކުންފުނީގެ އެމްޑީއަކަށް މިދިޔަ މާޗު މަހު އޭނާ ބަދަލުކުރުމުން، އޭރުން ފެށިގެން ފެށިގެން ވެމްކޯ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވީ ހއ. ދިއްދޫ، ހަޒާރުމާގެ، ސިރާޖެވެ. އެ ކުންފުނީގެ އެމްޑީއަކަށް ސިރާޖު ހަމަޖައްސަން ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމީ މިއަދު އެވެ.

ޔޫސުފް ސިރާޖް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ނޮވެމްބަރު 2019 ގަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ސިރާޖު ވަނީ 2011-2014އަށް ހއ. އަތޮޅުގެ އަތޮޅު ކައުންސިލަރު ކަމާއި ރައީސް ކަން ވެސް ކުރައްވާފައިވެ އެވެ.