ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް "ސަޅި ވީކްލީ" ޕްލޭންގެ ދަށުން އެންމެ 145 ރުފިޔާއަށް ދުވާލަކު 4 ޖީބީ ޑެއިލީ ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ އެ ޕްލޭނުގެ ދަށުން އެއް ހަފުތާ އަށް 28 ޖީބީގެ ޑޭޓާ ހޯދުމުގެ ފުރުސަތު "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެއް ކަމަށް ދިރާގުން ބުނެ އެވެ. އަދި އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ ކަމަށާއި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް "S1GB7" ޖެހުމަށް ފަހު، އެސްއެމްއެސް ކޮށްގެން ވެސް އެ ޕެކޭޖު ނެގޭނެ އެވެ.

މީގެ އިތުރުންވެސް ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފަ އެވެ. އެގޮތުން، ދިރާގު ކޮމްބޯ ޕްލޭންސް، ސަޅި ޕްރީޕެއިޑް ޕްލޭންސް އަދި ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މަމެން ޕްލޭން ހިމެނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.