ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތަފާތު ޚާއްސަ އޮފާތަކެއް ނެރެފި އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުވާސަލާތީ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހުޅުވާލެވިފައިވާ މި ދެ އޮފާ ވެސް މި އޮކްޓޫބަރު މަސް ނިމުމާ ހަމައަށް ކުރައަށްދާނެ ކަމަށް ބުނެ އެވެ.

125ޖީބީ އެންމެ 125 ރުފިޔާއަށް:

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭ މި އެޑް-އޮން އެކްޓިވޭޓް ކުރުމުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.

އިތުރު ޑެއިލީ ޑޭޓާ އޮފާ:

މި އޮފާގެ ދަށުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެގުނަ ޑެއިލީ ޑޭޓާ ލިބޭނެ އެވެ. ހަމަ ކުރިއެކޭ އެއްއަގެއްގައި ކަސްޓަމަރުންނަށް މިހާރު ކަސްޓަމަރުންނަށް ސަޅި 90 ޕްލޭންއިން ދުވާލަކު 2ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭންއިން ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭންއިން ދުވާލަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ އެވެ. މިހާރު މި ދެ އެޑް-އޮންވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ނެގޭނެ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ޚާއްސަ ގުރުއަތެއް ވެސް ތައާރަފުކޮށްފަ އެވެ. މީގެ ދަށުން 7 ނަސީބުވެރިއަކަށް "އައުކޭ ޓްރޫ ވަޔާލެސް އެއާބަޑް" ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މިގޮތުން ދިރާގުން އެބޭފުޅެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަމަކީ ކޮބައިކަން އެކުންފުނީގެ ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓްކޮށްލައިގެން މި ގުރުއަތުގައި ބައިވެރިވެލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.