މި ދުވަސްވަރަކީ ދޭތެރެ ދޭތެރެއިން އަރިދަފުސް ރޯގާ ނުވަތަ ކޮންމެ ވެސް ކަހަލަ ހުމެއް ފެތުރެމުންދާ ދުވަސްވަރަކަށް ވެފައި، ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހޭ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހެންކަމުން ޑޮކްޓަރުން އިރުޝާދު ދެއްވަނީ ހަށިގަނޑު ޑީހައިޑްރޭޓް ވިޔަނުދީ، ގިނައިން ފެނާއި އެކި ވައްތަރުގެ ޖޫސް ބުއިމަށާއި އަދި މީގެ އިތުރުން ވެސް މޭވާ އާއި ތަރުކާރީ ކެއުމަށެވެ.

ހަށިގަނޑަށް ފައިދާހުރި މޭވާގެ ބާވަތްތަކުން ތައްޔާރުކޮށްފައިވާ، މޭވާ އަސްލު ރަހަ ދޭ ޖޫހެއް ހޯދުމަކީ މިހާރު އެހާ އުނދަގޫ ކަމެއް ނޫނެވެ. ރާއްޖެއަށް އެތެރެކޮށް ވިއްކާ ޖޫހުގެ ބާވަތްތަކުގެ ތެރެއިން ފެނާ ޖޫހަކީ އާދަޔާ ހިލާފު މީރު ޖޫހެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި މިއީ މިހާރު މާކެޓުން ލިބެންހުރި ޖޫހުގެ ބާވަތްތަކުގެ ތެރެއިން ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ މީރު ޖޫސް ބްރޭންޑެވެ. މި ބްރޭންޑްގެ ޖޫސް ގިނަ ބައެއްގެ މެދުގައި މަގުބޫލްވެފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ހަށިގަނޑަށް ފައިދާ ހުރި ވިޓަމިންގެ މާއްދާތައް އެކުލެވޭ މީރު ފެނާ ބްރޭންޑްގެ ޖޫހުގެ ދަޅުތައް. މި އުފެއްދުންތައް ވިލާ މާޓުން ލިބެން ހުންނާނެ.

އެންމެ ބޮޑު އެއް ސަބަބަކީ ފެނާ ބްރޭންޑްގެ މޭވާގެ ޖޫސް ތައްޔާރުކުރަނީ ފެންވަރު ރަނގަޅު މޭވާގެ ތާސީރު ބޭނުންކޮށްގެން ކަމަށްވާތީ އެވެ. މޭވާގެ އެކި ރަހަތަކުގެ މީރު މި ޖޫސް އުފައްދަނީ އަމިއްލައަށް ހައްދާ ދަނޑުތަކުގައި އަޅާ މޭވާ އާއި ބޭރުން ގެންނަ މޭވާ ބޭނުންކޮށްގެންނެވެ. މި ޖޫހަކީ ހުރިހާ މުނާސަބަތަކާ ވެސް ގުޅޭ ވަރަށް އެކަށީގެންވާ މީރު ޖޫހެކެވެ. މީގެ އިތުރުން ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކުރާ ފެނާގެ ސައިތަކަކީ އަބަދުވެސް ތާޒާކޮށް ހުންނަ އެއްޗަކަށްވާއިރު، މި ސައި ބުއިމުން އެ މީރުކަމުގެ ރަހައިން ހަށިގަނޑު ތަޒާވެ، ވަރު ޖައްސައިދެ އެވެ. މި އުފެއްދުމަކީ އޮސްޓްރިއާގައި 1856 ވަނަ އަހަރު އުފެދުނު މަޝްހޫރު އުފެއްދުމެކެވެ.

މީރު ފެނާ ބްރޭންޑްގެ އައިސް ޓީ. މި އުފެއްދުންތައް ވިލާ މާޓުން ލިބެން ހުންނާނެ.

ފެނާ އޭސް މަލްޓި-ފްރުޓްގެ މޭވާގެ ރަހަތަކަށް ބަލާއިރު ތާޒާ އާފަލު އޮރެންޖް، ޓެންޖީ ލެމަންސް އަދި ކެރެޓްގެ ރަހަތައް ފާހަގަކޮށްލެވެ އެވެ. މި ވިޓަމިން ކޮކްޓެއިލްގެ މޭވާ އާއި ތަރުކާރީގެ ބޮޑު ބްލެންޑެއްގައި ތަފާތު ރަހައެއް އެކުލެވިގެންވެ އެވެ. އެންމެ 200 އެމްއެލްގެ ތައްޓެއްގެ ޖޫސް ބޯލުމުން އެ ދުވަހަށް ބޭނުންވާ ވިޓަމިން އޭ، ސީ އަދި އީ ގެ މިންވަރުގެ 60 އިންސައްތަ ލިބިގެންދެ އެވެ.

"ފެނާ" ބްރޭންޑްގެ ޖޫހަކީ މޭވާގެ އަސްލު ރަހަ ލިބިދޭ ހަށިގަނޑަށް ވަރަށް ގިނަ ފައިދާ ލިބޭ ބްރޭންޑްގެ ޖޫހެކެވެ.

ފެނާ ބްރޭންޑްގެ އަލަނާސި ޖޫސް. މި އުފެއްދުންތައް ވިލާ މާޓުން ލިބެން ހުންނާނެ.

ވިލާ ޓްރޭޑިންގެ މައިގަނޑު އަމާޒަކީ ސިއްހަތަށް ފައިދާހުރި އުފެއްދުމެއް އާއްމުންނަށް ވީހާ ވެސް ލުއި ފަސޭހަ އަގެއްގައި ފޯރުކޮށްދިނުމެވެ. ޔޫރަޕްގެ ބޯޑަރު ހުރަސްކޮށް ރާއްޖެ އެތެރެކުރާ ބްރޭންޑްގެ ޖޫހުގެ އިތުރުން އައިސް ޓީ ވެސް ހިމެނެ އެވެ. ހޯސޭލްކޮށް ގިނަ އަދަދަކަށް މުދާ ގަންނަ ފަރާތްތަކަށް އެ ކުންފުނިން ގެންގޮސްދިނުމުގެ ހިދުމަތް ވެސް ދެ އެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ރަށްރަށުގެ މުދާ ގެންގޮސްދެ އެވެ. ހޯސޭލްކޮށް ބައްލަވައިގަތުމަށް ވިލާ ޓްރޭޑިންގެ ހޮޓްލައިން ނަމްބަރަކީ 7667711 އެވެ. އަދި އީ މެއިލް މެދުވެރިކޮށް ވެސް މުދާ ގަންނަން އޯޑަރުކުރެވޭނެ އެވެ. އީއެމްއިލް އެޑްރެހަކީ [email protected] އެވެ. އޭގެ އިތުރުން ރީޓެއިލްކޮށް ވިލާ މާޓުގެ ހުރިހާ އައުޓްލެޓްތަކުންނާއި ވިލާ މާޓް ވެބްސައިޓް އަދި ވިލާ މާޓް އެޕްލިކޭޝަނުން ވެސް އޯޑަކޮށްލެވޭނެ އެވެ.